ސިޔާސީ ޕާޓީތަކާ އެކު އަލުން މަޝްވަރާކުރަން ރައީސް ނިންމަވައިފި

ރައީސް ޔާމީން ----- ސަން ފައިލް ފޮޓޯ

ހުރިހާ ސިޔާސީ ޕާޓީތަކާ އެކު އަލުން މަޝްވަރާތައް ކުރިއަށްގެންދަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޔާމީން އެގޮތަށް ނިންމެވީ މިއަދު ިކަމަށެވެ.

އެ މަޝްވަރާތަކަށް ދައުވަތު ފޮނުވުމާއި، މަޝްވަރާތައް ބޭއްވުމުގެ އިންތިޒާމްތައް ރައީސް އޮފީހުން ކުރިޔަށްއޮތް ދުވަސްތަކުގައި ކުރިޔަށް ގެންދާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އެ މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިޔަށްގެންގޮސް، ރައްޔިތުންނަށް ފައިދާކުރަނިވިފަދަ ނަތީޖާތަކެއް ހާސިލުކުރެއްވޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އުންމީދުކުރައްވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

comment ކޮމެންޓް