މާފަރާއި މާވަރުލު އެއާޕޯޓުގެ އެގްރީމެންޓް ބާތިލުކޮށްފި

މާފަރު

ގދ. މާވަރުލުގައި ހަދާ އެއާޕޯޓާއި ނ. މާފަރު އެއާޕޯޓް ހެދުމަށް ހަވާލުކޮށްފައިވާ ދެ ކުންފުނީގެ އަތުން އެއެއާޕޯޓް ހަދަން ހަވާލު ކުރި އެގްރީމަންޓް ބާތިލުކޮށްފި އެވެ.

ގދ. މާވަރުލު އެއާޕޯޓް މޯވިން އިންޓަނޭޝަނަލް އެއާޕޯޓް އާއި ހަވާލުކޮށްފައި ވަނީ 30 މަސްތެރޭ އެއާޕޯޓް ނިންމާގޮތަށް 2011 ވަނަ އަހަރު އެވެ.

ރީޖަނަލް އެއާޕޯސްޓް އޮތޯރިޓީގެ ޑިރެކްޓަރު ސާމީ އަގީލް މިއަދު 'ސަން'އަށް ވިދާޅުވީ، މާވަރުލު އެއާޕޯޓް އެގްރިމެންޓް ބާތިލްކޮށްފައި ވަނީ ދީފައިވާ މުއްދަތަށް އެއާޕޯޓްގެ މަސައްކަތް ނިންމާފައިނުވާތީ ކަމަށެވެ.

ނ. މާފަރު އެއާޕޯޓް 18 މަސްތެރޭ ނިންމުމަށް މެލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ލިމިޓެޑްއާ އެކު އެގްރިމެންޓު ހަދާފައިވަނިކޮށް އެއެގްރިމެންޓް ބާތިލުކުރީ ގަވައިދާ ހިލާފަށް އެ ކުންފުނިން މަސައްކަތްކޮށްފައި ވާތީ ކަމަށް ސާމީ ވިދާޅުވި އެވެ.

އެ ދެ އެއާޕޯޓް ކުރިއަށް އޮތް ދެ ހަފްތާގެ އިތުރު ބަޔަކާއި ހަވާލު ކުރެވޭނެ ކަމަށް ވެސް ސާމީ ވިދާޅުވި އެވެ.

comment ކޮމެންޓް