ހަތް ކުލަބެއްގެ ތާއީދާއެކު ނިއުއިން އެފްއޭއެމްގެ އަސާސީ ގަވާއިދަށް އިސްލާހް ހުށަހަޅައިފި

އެންމެ ފަހުން ބޭއްވި އެފްއޭއެންގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަށް ފަހު، އެފްއޭއެންގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުންނާއި އެފްއޭއެމްގެ މުވައްޒަފުން ފޮޓޯއަކަށް ހުއްޓިލައިގެން. މިރޭ ބާއްވަން ހަމަޖެހިފައިވާ އެފްއޭއެމްގެ އިންތިޚާބު މިހާރު ވަނީ ކެންސަލްކޮށްފައި -- ފޭސްބުކް ފޮޓޯ: މުހައްމަދު ޝަވީދު

އަންނަ މަހުގެ ދެ ވަނަ ދުވަހު ފާސް ކުރުމަށް ހަމަޖެހިފައިވާ އެފްއޭއެމްގެ އާ އަސާސީ ގަވައިދަށް ހަތް ކުލަބެއްގެ ތާއީދާއެކު ނިއުރޭޑިއަންޓު ސުޕޯޓްސް ކަލްބުން އިސްލާހް ހުށަހަޅައިފިއެވެ.

ނިއުރޭޑިއަންޓްގެ ޖެނަރަލް ސެކެޓްރީ އަލީ ޝަމީމު (ކޮޔަރު އައްޔަ) ވިދާޅުވީ ނިއު އިސްވެ އޮގެން އެއިސްލާހު ހުށަހެޅީ އަނެއް ހަތް ކުލަބުގެ މެދުގައިވެސް މަޝްވަރާ ކުރުމަށްފަހު އެކުލަބުތަކަށްވެސް އެއިސްލާހު ތަކާ މެދު އެއްބަސް ވެވޭތީ ކަމަށެވެ.

ނިއުއިން ހުށަހެޅި އިސްލާހްތަކަށް ތާއިދު ކޮށްފައިވަނީ ޓީސީ ސްޕޯޓްސް ކުލަބާއި މިދިޔަ މިއަހަރު ފުރަތަމަ ޑިވިޝަނަށް އަލަށް ކޮލިފައިވި ޔުނައިޓަޑް ވިކްޓްރީއާއި ދެވަނަ ޑިވިޝަންގެ ކުލަބު ވެލޯޒިއާ އާއި ޖޭޖޭ ސުޕޯޓްސް ކުލަބާއި ކުލަބު ޒެފްރޯލާއި ކުލަބު ގާމަގު އެމްއެސް ހެލްޕިން ހޭންޑެވެ.

ނިއުއިން މައިގަނޑު ގޮތެއްގައި އިސްލާހު ހުށަހަޅާފައިވަނީ އެފްއޭއެމްގެ އެގްޒެކެޓިވް ބޮޑީއާ ނުގުޅޭ ނުކުތާތަކުގެ މައްޗަށެވެ.

އެކްސްގެ މެންބަރުގެ އަދަދު ހަތަކަށް ތިރި ކުރުމާއެކު ދެ ނައިބުރައީސުންގެ ބަދަލުގައި އެއް ނައިބުރައީސް އިންތިޚާބު ކުރުމަށް އިސްލާހު ހުށަހަޅާފައި ވެއެވެ.

މިހާރު އަލަށް އެކުލަވާލާފައިލވިފައިވާ އަސާސީ ގަވައިދުގައިވަނީ އެކްކޯސްގެ މެންބަރުގެ އަދަދު ނުވަ މެންބަރުންގެ ގޮތުގައެވެ. އެއީ ދެ ނައިބުރައީސްނ ވެސް ހިމެނޭ ގޮތަށެވެ.

އަދި އެކްސްކޯގެ އެހެން މަގާމުތަކަށްވެސް ކުރިމަތިލުމުގެ ފުރުސަތު ހުޅުވަލާއި އެމަގާމުތަކަށްވެސް އިންތިޚާބު ކުރާ ގޮތަށެވެ.

ނަމަވެސް މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހު ބޭއްވި އެކްސްޓްރާ އޮޑިނަރީ ކޮންގްރެސްގައި ފާސް ކުރި ގަވައިދުގައި އެމާއްދާ ވަނީ އެކްސްކޯގެ ރައީސްކަމަށް ކުރިމަތިލާ މީހަކު އޭނާގެ ޓީމުގެ ގޮތުގައި އެހެން މަގާމުތަކަށް މެންބަރުން ނޮމިޏޭޓްކޮންގެން އިންތިޚާބަށް ކުރިމަތިލާ ގޮތަށެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އަސާސީ ގަވައިދު ފާސް ކުރި ނަމަވެސް، އެގަވާއިދުގައި ރާއްޖޭގެ ޖަމްއިއްޔާތަކާ ބެހޭ ގަނޫނާއި ގަވައިދުގައި ހިމެނުން ލާޒިމު ކުރާ ބައެއް މާއްދާތައް ހިމެނިފައިނުވުމުން ހޯމް މިނިސްޓރީއިން ވަނީ އެމާއްދާތައް ހިމެނުމަށް އެފްއޭއެމްއަށް އަންގާފައެވެ.

ސެޕްޓޭމްބަރު މަހު ފަސް ވަނަ ދުވަހު ފާސް ކުރި އަސާސީ ގަވާއިދަށްވެސް ނިއުއިން އިސްލާހް ހުށަހެޅިއެވެ. ނަމަވެސް އެ ދުވަހުގެ ކޮންގްރެސްއަށް ނިއުއިން ހާޒިރުވެފައެއް ނުވެއެވެ.

comment ކޮމެންޓް