ހޮނޑާފުށި އަތުލީ އެއްބަސްވުމާ ޚިލާފަށް: ސިވިލް ކޯޓު

ސިވިލް ކޯޓު ----

ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް އަބްދުﷲ އަލީ ނަމަކަށް ކިޔާ މީހަކަށް ދޫކުރި ހދ. ހޮނޑާފުށި ޓޫރިޒަމް މިނިސްޓްރީން އަނބުރާ ސަރުކާރަށް ނެގީ އެއްބަސްވުމާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން މިމަހުގެ އަށް ވަނަ ދުވަހު ކުރި ހުކުމްގައި ވަނީ 2005 ވަނަ އަހަރުގެ މެއި މަހުގެ ފަސް ވަނަ ދުވަހު އަބްދުﷲ އަލީ އާ އެކު ޓޫރިޒަމް މިނިސްޓްރީން ސޮއިކޮށްފައިވާ އެއްބަސްވުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ނިމުމަކަށް ގެނެސްފައި ވަނީ ދެ ފަރާތުގެ ދެމެދުގައި ސޮއިކުރި ލީސް އެގްރީމެންޓާއި ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.

އެ ހުކުމްގައި ވަނީ އެކަމުގެ ސަބަބުން އަބްދުﷲ އަލީ އަށް ލިބޭ ގެއްލުމަށް ޓޫރިޒަމް މިނިސްޓްރީން ޒިންމާވާންޖެހޭނެ ކަމަށެވެ. އެހެންކަމުން ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު އަބްދުﷲ އަލީ އަށް ލިބިގެންވާކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

comment ކޮމެންޓް