އިންޑިއާ ސްކޫލެއްގެ ދެ ވެރިޔަކު 12 އަހަރުގެ ދަރިވަރަކަށް އަނިޔާކޮށް މަރާލައިފި

ކޮލްކަޓާ (ފެބްރުއަރީ 10): އިންޑިއާގެ މުރްޝިދުއާބާދުގައި ހުންނަ އަލް އިސްލާމިއާ މިޝަން ސްކޫލުގެ ހެޑްމާސްޓަރާއި ސުޕަވައިޒަރު އެސްކޫލުގެ ދަރިވަރެއްކަމަށްވާ ޝަމީމް މަލިކް ނަމަކަށް ކިޔާ ކުއްޖަކަށް އަނިޔާކުރުމުގެ ސަބަބުން އެ ކުއްޖާ މަރުވެއްޖެ އެވެ.

މައްސަލަ ތަހުގީގު ކުރުމަށް ޓަކައި މިހާރު ހައްޔަރުކޮށްފައިވާ ސްކޫލުގެ ހެޑްމާސްޓަރު، ހާލިފް ޝޭހް އާއި ސްކޫލުގެ ސުޕަވައިޒަރު، ލިތަން ޝޭހް 12 އަހަރުގެ ޝަމީމަށް އަނިޔާކުރީ ހުއްދަނުހޯދާ ސްކޫލް ކެމްޕަހުގައި އެ ކުއްޖާގެ މައިންބަފައިންނާ ބައްދަލުކުރުމުގެ ސަބަބުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

"މައްސަލަ ތަހުގީގު ކުރަން ފަށައިފިން. ހައްޔަރުކޮށްފައިވާ ދެ މީހުންނާ މިހާރު ދަނީ ސުވާލު ކުރަމުން. ދަރިވަރު މަރުވި އަސްލު ސަބަބު އިނގޭނީ ޕޯސްޓްމޯޓަމް ރިޕޯޓުން،" މުރުޝިދުއާބާދުގެ އިސް ފުލުހަކު ވިދާޅުވި އެވެ.

އިންޑިއާގެ ކަންޑީ ސަބް ޑިވިޝަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ޝަމީމް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން ބުންޏެވެ.

އަލް އިސްލާމިއާ މިޝަން ސްކޫލުގެ ބޯޑުން ވަނީ ސްކޫލްގެ އިސް ފަރާތްތަކާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފަ އެވެ. (އައިބީއެންއެސް)

ގުޅޭ ޓެގު
comment ކޮމެންޓް