އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް މަސައްކަތް ކުރައްވާތީ ޑރ. މުނީޒާއަށް ދުނިޔޭގެ ފެންވަރުގެ އެވޯޑެއް

ފިނޭންސް މިނިސްޓްރީގެ ނައިބު ޑރ. އާއިޝަތު މުނީޒާ ---- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާތީ އެ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ކުރިން ހުންނެވި އަދި މިހާރު ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އައިޝަތު މުނީޒާއަށް ދުނިޔޭގެ ފެންވަރުގެ އެވޯޑެއް ލިބިވަޑައިގެންފި އެވެ.

މުނީޒާއަކީ ބޭންކިން ލޯގެ ދާއިރާ އިން މާސްޓާސް ޑިގްރީ އަދި ޑޮކްޓަ އޮފް ފިލޯސަފީން އިން ލޯ ހައްދަވާފައިވާ ބޭފުޅެކެވެ. ރާއްޖޭގައި އިސްލާމިކް ފައިނޭންސް ހިމެނޭ ހުރިހާ ކުންފުންޏެއްގައި ކަހަލަ ގޮތަކަށް މުނީޒާ ގެންދަވަނީ މަސައްކަތް ކުރައްވަމުން ނެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގައި ކޮންސަލްޓެންޓެއްގެ ގޮތުގައި ވެސް މުނީޒާ ގެންދަވަނީ މަސައްކަތް ކުރައްވަމުން ނެވެ.

"ވޯލްޑް ވިމަން ލީޑަޝިޕް ކޮންގްރެސް އެންޑް އެވޯޑު" ރަސްމީކޮށް ޑރ. މުނީޒާ ހަވާލުކުރުމަށް ހަމަޖައްސާފައިވަނީ އަންނަ ބުދަ އަދި ބުރާސްފަތި ދުވަހު މުމްބާއީގައި ބާއްވާ ހާއްސަ ހަފްލާއެއްގަ އެވެ.

comment ކޮމެންޓް