ހައްޖު ކޯޕަރޭޝަންގެ ޗެއާޕާސަން ކަމަށް ޝައިހް މުހައްމަދު ރަޝީދު ހަމަޖައްސައިފި

ކުރީގެ ރައީސް ވަހީދުގެ އަރިހުގައި ޝައިހް މުހައްމަދު ރަޝީދު އިބުރާހިމް ރަޝީދު (މ): ފޮޓޯ/ ރައީސް އޮފީސް

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ޗެއާޕާސަން ކަމަށް ޝައިހް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު މިއަދު އައްޔަން ކޮށްފި އެވެ.

ކުރިން ހައްޖު ކޯޕަރޭޝަންގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވީ ޑރ. އާއިޝަތު މުނީޒާ އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ ޗެއާމަން މުހައްމަދު ނިޒާރު މިއަދު ސަން އަށް ވިދާޅުވީ، ހައްޖު ކޯޕަރޭޝަންގެ ބޯޑަށް މިއަދު ހަތަރު ބަދަލެއް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ޗެއާޕާސަން ކަމަށް ޝައިހް މުހައްމަދު ރަޝީދު އައްޔަން ކުރި އިރު، ކުރިން ތިބި ތިން ޑިރެކްޓަރުންގެ ބަދަލުގައި އިތުރު ޑިރެކްޓަރުންވެސް ވަނީ އައްޔަންކޮށްފަ އެވެ. ޑިރެކްޓަރުންގެ ގޮތުގައި އައްޔަންކޮށްފައި ވަނީ ހ. އުމަރުފަރު މުހައްމަދު ރިޒާ އާއި ލ. ގަން ކޯޒީ ކޯނަރ ފަރުހާދު ދާއޫދު އަދި ބ. ތުޅާދޫ މާފިލާގޭ އާދަމް އާތިފް އެވެ.

އެ ކޯޕަރޭޝަންގެ ބޯޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވީނަމަވެސް، މެނޭޖިންގ ޑިރެކްޓަރު ގެ މަގާމަށް ބަދަލު އައިސްފައެއް ނުވެ އެވެ. އެ މަގާމުގައި އަދިވެސް ހުންނެވީ ޔާމީން އިދުރީސް އެވެ.

comment ކޮމެންޓް