މަރުވެފައި އޮތް އިންސާނެއްގެ ހަށިގަނޑެއް ދޮޅިޔަދުއަށް ލައްވެފައި އޮއްވާ ފެނިއްޖެ

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން ގެންދާ ށ. ދޮޅިޔަދޫ: މަރުވެފައި އޮތް އިންސާނެއްގެ ހަށިގަނޑު މިއަދު ވަނީ އެރަށަށް ލައްވެފައި -- ފޮޓޯ: މޯލްޑިވްސްޓޫރިޒަމް

ށ. އަތޮޅު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ރަށެއްކަމަށްވާ ށ. ދޮޅިޔަދޫއަށް މަރުވެފައި އޮތް އިންސާނެއްގެ ހަށިގަނޑު ލައްވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ ށ. ދޮޅިޔަދޫއަށް މަރުވެފައި އޮތް އިންސާނެއްގެ ހަށިގަނޑު ލައްވެފައިވާ އޮތްކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 09:50 ހާއިރު ކަމަށެވެ.

އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި ށ. އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރެެއް ހިމެނޭ ޓީމެއް އެރަށް ގޮސްފައިވާއިރު ހދ. ކުޅުދުއްފުށިން ފުލުހުންގެ ފޮރެންސިކް ޓީމެއް ދަނީ އެރަށަށް ދިޔުމަށް ދަތުރުކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެނގިފައިވާގޮތުގައި އެރަށަށް ލައްވެފައިވާ ހަށިގަނޑަކީ ދުވަސްވެފައިވާ ހަށިގަނޑެއް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް