ޔޫރަޕިއަން ޕާލިމެންޓުގެ ވަފުދު ފުރައިފި

ރާއްޖެ އައި ޔޫރަޕިއަން ޕާލަމެންޓްގެ ވަފުދު. ސަން ފޮޓޯ: މުޙައްމަދު ނަސީމު

ސަރުކާރުގެ ދައުވަތަކަށް އާދީއްތަ ދުވަހު ރާއްޖެ އައި ޔޫރަޕިއަން ޕާލިމަންޓުގެ މެމްބަރުންގެ ވަފުދު ފުރައިފި އެވެ.

އެ ވަފުދު ރާއްޖެ އިން ފުރާފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ.

އެ ވަފުދުން ބުނީ، ޔޫރަޕިއަން ޕާލަމެންޓްގެ ވަފުދު ރާއްޖެ އަށް އައީ ވެސް ޑިމޮކްޓިކް ވެލިއުތައް ރާއްޖޭގައި ކުރިއެރުވުމަށް ޓަކައި އެންމެންގެ އަޑުވެސް އަހައި އެންމެންނާ ވެސް ވާހަކަ ދައްކަން އިހުލާސްތެރިކަމާ އެކު ބޭނުންވާކަން ހާމަކުރުމަށް ކަމަށެވެ.

ޔޫރަޕިއަން ޕާލިމެންޓުގެ ވަފުދުން ވަނީ ސަރުކާރުގެ އިސް ފަރާތްތަކުގެ އިތުރުން އިދިކޮޅު ފަރާތްތަކާ ވެސް ބައްދަލުކޮށްފަ އެވެ.

އެ ވަފުދުން އިއްޔެ ވަނީ ހޮޓެލް ޖެންގައި ނޫސްވެރިންނާ ބައްދަލުކޮށްފަ އެވެ. ވަފުދުން ވަނީ ރާއްޖޭގައި އޮތް ސިޔާސީ ނުތަނަވަސްކަން ނިމުމަކަށް ގެނައުމަށް ސިޔާސީ ޕާޓީތަކުގެ ލީޑަރުން ދޫކޮށްލައި މަޝްވަރާތައް އަލުން ފެށުމަށް ގޮވާލާފަ އެވެ.

އޭގެ އިތުރުން އެ ވަފުދުން ވަނީ މިދިޔަ ހޯމަ ދުވަހު މާފުށީގެ ޖަލުގެ ހާލަތު ބެލުމަށާއި ޖަލުގައި ހިންގާ އެކިއެކި ރިހިބެލިޓޭޝަން ޕްރޮގުރާމްތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް މާފުށީ ޖަލަށް ވެސް ޒިޔާރާތް ކޮށްފަ އެވެ.

މި ވަފުދުގެ އިތުރުން ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ވަފުދެއްވެސް ވަނީ މިދިޔަ ހަފުތާގައި ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު