100 މީޓަރު ދުވުމުން ސާއިދު ފައިނަލަށް

އިންޑިއަން އޮޝަން އައިލެންޑް ގޭމްސްގެ އެތްލެޓީކްސްގެ 100 މީޓަރުގެ ހީޓުން ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެއްވަނައިގައި ރޭސް ނިމާލުމަށްފަހު ސެލެބަރޭޓް ކުރަނީ --- ފޮޓޯ/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓ

އިންޑިއާގެ ގުވަހާޓީގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިއާ ހަސަން ސާއިދު 100 މީޓަރު ދުވުމުގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.

އޮގަސްޓް މަހު ރިޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކޮށް 100 މީޓާރު ދުވުމުން ރަންމެޑަލް ހޯދާފައިވާ ސާއިދު މިއަދު އޮންނަ ފައިނަލް ބުރުން ޖާގަ ހޯދީ 8 އެތްލީޓުން ވާދަކުރި ހީޓްގައި ދެވަނަ ހޯދައިގެންނެވެ.

ފައިނަލްބުރު އޮންނާނީ މިއަދު ހަވީރު ރާއްޖޭ ގަޑިން 5:30 ގައެވެ.

comment ކޮމެންޓް