ތިން ވަނަ ހޮވި މެޗުން ވޮލީގެ އަންހެން ޓީމާއި ފިރިހެން ޓިމުވެސް ބަލިވެއްޖެ

ސައުތު އޭސިއަން ގޭމްސްގައި ރާއްޖޭގެ ފިރިހެން ޓީމް ކުޅުނު މެޗުގެ ތެރެއިން --- ފައިލް ފޮޓޯ: ވީއޭއެމް

އިންޑިއާގެ ގުވަހާޓީގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ ވޮލީބޯޅައިގެ ތިން ވަނަ ހޮވި މެޗުން ބަލިވެ ރާއްޖޭގެ އަންހެން ވޮލީ ޓީމާއި ފިރިހެން ޓީމުވެސް މުބާރާތުން ކަޓައިފިއެވެ.

ރާއްޖޭގެ އަންހެން ވޮލީ ޓީމް ބަލިވީ ސީދާ ތިން ސެޓުން ނޭޕާލް އަތުންނެވެ.

ފިރިހެން ކެޓަގަރީގެ ތިން ވަނަ ހޮވި މެޗްގައި ރާއްޖޭގެ ޓީމު ބަލިވީ ސީދާ ތިން ސެޓުން ޕާކިސްތާން އަތުންނެވެ.

މިމެޗުން މޮޅުވެ މުބާރާތުގެ ތިން ވަނަ ލިބުމުން ނޭޕާލަށާއި ޕާކިސްތާނަށް ވަނީ ރަންވަން ލޯ މެޑަލް ލިބިފައެވެ.

މިއަދު ކުޅުނު ވޮލީބޯޅައިގެ އަންހެން ކެޓަގަރީގެ ތިން ވަނަ ހޮވި މެޗް ފުރަތަމަ ސެޓް ތަފާތު ކުޑަކޮށް 25-20 ނޭޕާލް ކާމިޔާބު ކުރިއިރު ދެ ވަނަ ސެޓާއި ތިން ވަނަ ސެޓް ދިޔައީ ތަފާތު ބޮޑުކޮށެވެ.

އެގޮތުން ދެ ވަނަ ސެޓް 25-14 އިން ކާމިޔާބު ކުރިއިރު ތިން ވަނަ ސެޓް ކާމިޔާބު ކުރީ 25-13 އިންނެވެ.

ފިރިހެން ޓީމު ކުޅުނު މެޗްގެ ފުރަތަމަ ސެޓް ޕާކިސްތާން ކާމިޔާބު ކުރީ 25-19 އިންނެވެ. ދެ ވަނަ ސެޓް 25-13 އިން ކާމިޔާބު ކުރިއިރު ތިން ވަނަ ސެޓް ކާމިޔާބު ކުރީ 25-17 އިންނެވެ.

comment ކޮމެންޓް