ކުރީގެ ޕީޖީ މުހުތާޒު ދޫކޮށްލައިފި

ކުރީގެ ޕީޖީ މުހުތާޒު --- ސަން ފައިލް ފޮޓޯ

ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ދޫކޮށްލައިފިއެވެ.

ސަން އަށް އެނގިފައިވާގޮތުގައި މުހުތާޒު ދޫކޮށްލީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.

ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރައްވާފައިވާ މުހުތާޒު ހައްޔަރު ކުރީ ސައްޚަ ނޫން ކޯޓު އަމުރެއް ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރު ކުރަން އުޅުނު ކަމަށް ބުނާ މައްސަލާގަ އެވެ.

ފުލުހުން ބުނީ ސައްޚަ ނޫން ކޯޓު އަމުރެއް ތައްޔާރު ކުރި މައްސަލާގައި އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ، ގއ. މާމެންދޫ، ވީނަސް، އަޙްމަދު ނިހާން ކަމަށެވެ. އަދި އޭނާ ވަނީ ހައްޔަރުކޮށް ބަންދަށް ހަތް ދުވަސް ޖަހައިފަ އެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް