އިންޑިޔާގެ އަންހެނަކު އޭލިޔަން އަކާ ވައްތަރު ކުއްޖަކު ވިހައިފި

އިންޑިއާގެ އަންހެނަކު ވިހެއި އާދަޔާ ޚިލާފު ކުއްޖާ --

އިންޑިޔާގެ އަންހެނަކު ވިހޭ ކުއްޖަކު އޭލިޔަން އަކާ ވައްތަރުވުމުން އެކުއްޖާއަކީ މުއުޖިޒާތެއްގެ ގޮތުގައި އިންޑިޔާގެ ބައެއްމީހުން ދެކެންފަށައިފިއެވެ.

މިކުއްޖާ އުފަންވިއިރު އޭނާގެ ހަށިގަނޑު އާދައިގެ އެހެން ތުއްތުކުދިންނާ ވަރަށް ތަފާތުކަމަށްވެއެވެ. މިގޮތުން އެކުއްޖާގެ ލޯ އާދަޔާ ޚިލާފަށް ބޮޑުވެފައި ލޮލުގެ ބޮނޑިވަނީ ވަރަށް މައްޗަށް އުފުލިފައެވެ. އަދި އެކުއްޖާގެ ހަންގަނޑުވެސްވަނީ ކުރަކިވެ ހަލާކުވާގޮތްވެފައެވެ.

އުމުރުން 32 އަހަރުގެ ސަވީތާ ރާނީ ނަމަކަށްކިޔާ އަންހެންމީހާ ވިހާފައިވަނީ މާބަނޑު މީހުންގެ ކްލިނިކެއްގައެވެ. އެ އަންހެންމީހާ ވިއްސި ޑޮކްޓަރު ކުސުމް އަޓާ ވިދާޅުވީ، އެކުއްޖާއަކީ ހުރިހާގޮތަކުންވެސް އެހެންކުދިންނާ ޚިލާފު ކުއްޖެއްކަމުގައެވެ. އެގޮތުން އެކުއްޖާ ވިހެއުމުންވެސް ނުރޯ ކަމަށާއި އަދި ހަރަކާތްވެސް ނުކުރާކަމަށްވެއެވެ. އަދި މަންމަގެ ގާތުން ބުއްބުއިމުގައިވެސް އެކުއްޖާ އެހެންކުދިންނާ ވަރަށްބޮޑަށް ތަފާތުކަމަށް ކުސުމް ވިދާޅުވިއެވެ.

އިންޑިއާގެ އަންހެނަކު ވިހެއި އާދަޔާ ޚިލާފު ކުއްޖާ --

އިންޑިޔާގެ ޑޮކްޓަރުންގެ ޓީމަކުން ގެންދަނީ މިކުއްޖާ މަންމަގެ ރަހިމުގައި މިގޮތަށް އުފެދެންޖެހުނު ސަބަބުތައް ދިރާސާ ކުރަމުންނެވެ. ގިނަ ޑޮކްޓަރުން ލަފާކުރަނީ އެކުއްޖާ އަށް އެހެންވީ ބަލިވެ އިނުމާއެކު އެކުއްޖާގެ މަންމަ ކޭ ތަކެތީގެ ސަބަބުން ކުއްޖާ ވިހަވުމާއެކު ކުއްޖާއަށް ވިހައިގެ އަސަރުކޮށް ގެންކަމުގައެވެ.

ވިހައިގެ ސަބަބުން އެކުއްޖާގެ ސިކުނޑި އުފެދިފައިވަނީ ތަފާތު ގޮތަކަށް ކަމަށާއި ޑޮކްޓަރުންގެ ޓީމަކުން އެކަން ދިރާސާކުރަމުން ގެންދާކަމަށް ކުސުމް ވިދާޅުވިއެވެ.

އިންޑިޔާގެ ބައެއްމީހުން ވަނީ މިއީ ޖިންނިއާ ގުޅުންހުރި ކަމެއްކަމަށްވެސް ޝައްކުކޮށްފައެވެ. އެ ކުއްޖާއަކީ އަންހެން ކުއްޖެކެވެ. އެކުއްޖާ ވަނީ އުފަންވިތާ ދެދުވަހުގެ ތެރޭގައި މަރުވެފައެވެ.

މަސްދަރު: ޑެއިލީ މެއިލް

comment ކޮމެންޓް