ރާއްޖެއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓެއް ގާއިމްކުރަން ޗައިނާ އިން ދިރާސާ ކުރަނީ

ރައީސް ޔާމީނާއި ޗައިނާގެ ރައީސް ---- ފޮޓޯ: ރައީސް އޮފީސް

މިނިވަން ވިޔަފާރީގެ އެއްބަސްވުން (ފްރީ ޓްރޭޑް އެގްރީމެންޓް) އެއް ރާއްޖެއާ އެކު ގާއިމް ކުރުމަށްޓަކައި ހަދަން ޖެހޭ ފީސިބިލިޓީ ސްޓަޑީ ޗައިނާއިން މިއަހަރު ފަށާނެ ކަމަށް އެގައުމުން ބުނެފި އެވެ.

ޗައިނާ ސަރުކާރުގެ ޒިންހުއާ ނިއުސް އެޖެންސީއާ ހަވާލާދީ އީސީއެންއެސް ނޫހުން ބުރާސްފަތި ދުވަހު ބުނީ ފްރީޓްރޭޑް އެގްރިމެންޓް ގާއިމްކުރުމަށް ޗައިނާ އިން ގަސްދުކޮށްފައިވާ ގައުމުތައް ކަމަށްވާ ދިވެހިރާއްޖެ އާއި ކޮލަމްބިއާއާއި އިންޑިއާއި ނޭޕާލާއި ފިޖީއާއި ޕަޕުއާ ނިއުގިނީއާ އެކު އެއްބަސްވުން ގާއިމްކުރުމަށް ޓަކައި ހަދަން ޖެހޭ ފީސިބިލިޓީ ސްޓަޑީ މިހިނގާ 2016 ވަނަ އަހަރު ހަދާނެ ކަމަށެވެ. އެނޫހުން ބުނީ އިސްރާއީލާ އެކުގައި ވެސް އެފަދަ އެއްބަސްވުމެއް ގާއިމްކުރަން ޗައިނާ ސަރުކާރުން ވަރަށް އަވަހަށް ވާހަކަތައް ފަށާނެ ކަމަށެވެ. ފްރީ ޓްރޭޑް އެގްރީމެންޓް ގާއިމް ކުރުމަށް ގަލްފް ކައުންސިލްގެ އަރަބި ގައުމުތަކާ އެކު އެގައުމުން ދައްކަމުން އައި ވާހަކަތައް ވެސް އަލުން ފަށާނެ ކަމަށެވެ.

ރާއްޖެއާ ޗައިނާ އާއި ދެމެދު ފްރީޓްރޭޑް އެގްރިމެންޓެއް ގާއިމްކުރުމަށް ކުރިން ވަނީ މަޝްވަރާތައް ކޮށްފަ އެވެ. ވިޔަފާރިއާއި އިގުތިސާދުގެ ދާއިރާ އިން ޗައިނާއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން ފަހަކަށް އައިސް ވަނީ ވަރަށް ބަދަހިވެފަ އެވެ.

comment ކޮމެންޓް