ކުރީގެ ޕީޖީ މުހުތާޒު ހައްޔަރުކޮށްފި

ޕީޖީ މުހުތާޒު މުހުސިން --- ސަން ފައިލް ފޮޓޯ

އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި މަގާމުން ދުރުކޮށްފައިވާ ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) މުހުތާޒު މުހުސިން ކޯޓު އަމުރަކާއެކު މިރޭ ދަންވަރު ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ މުހުތާޒު ހައްޔަރު ކުރީ ސައްހަ ނޫން ކޯޓު އަމުރެއް ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރު ކުރަން އުޅުނު ކަމަށް ބުނާ މައްސަލާގަ އެވެ.

ހައްޔަރުކުރުމުގެ ކުރިން މުހުތާޒު ވަނީ ސަންއާ ފޯނުން ވާހަކަފުޅު ދައްކަވާފައެވެ. އޭނާ ވިދާޅުވީ ހައްޔަރު ކުރަންޖެހޭ ސަބަބެއް ނޯންނާނެ ކަމަށެވެ.

ފުލުހުން ބުނީ ސައްހަ ނޫން ކޯޓު އަމުރެއް ތައްޔާރު ކުރި މައްސަލާގައި ކޯޓެއްގެ ގާޒީއަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ، ގއ. މާމެންދޫ، ވީނަސް، އަޙްމަދު ނިހާން ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް