ފައިސާ ލިބުނު ކަމަށް ރަސީދު ދިން ނަމަވެސް 1.80 މިލިއަން ޑޮލަރު ނުލިބި

އަބްދުﷲ ޒިޔަތު ކޯޓަށް ހާޒިރުކުރަނީ: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ހަތަރު ރަށެއް ކުއްޔަށް ދޫކޮށްގެން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބެންޖެހޭ 1.80 މިލިއަން ޑޮލަރު ލިބުނު ކަމަށް ރަސީދު ދޫކުރި ނަމަވެސް ފައިސާ ނުލިބޭކަން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ހަތަރު ތަނެއްގެ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބެންޖެހޭ 1.80 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އެމްއެމްޕީއާރުސީން ރަސީދު ދޫކޮށްފައިވީ ނަމަވެސް އެފައިސާ ލިބިފައިނުވާ ކަމަށެވެ.

"ކުއްޔަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ހަތަރު ތަނަކުން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބެން ޖެހޭ ޖުމުލަ 1.80 މިލިއަން ޑޮލަރުގެ ޗެކްތައް އެމްއެމްޕީއާރުސީއަށް ބަލައިގަތްކަމަށް ރަސީދު ދޫކޮށްފައިވީ ނަމަވެސް އެފައިސާ އެމްއެމްޕީއާރުސީގެ އެކައުންޓަކަށް ވެސް އަދި އެހެން އެއްވެސް ފަރާތެއްގެ އެކައުންޓަށް މިހާތަނަށް ޖަމާކޮށްފައިނުވެއެވެ." ބޮޑެތި ހިޔާނާތްކަން ފާހަގަކޮށްފައިވާ ރިޕޯޓުގައި ބުނެފައިވެ އެވެ.

ހަމައެހެންމެ ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ތިން ތަނަކުން ނަގަން ޖެހޭ ހަ މިލިއަން ޑޮލަރު ނުނަގައި އެފަރާތްތަކާ އެކު އެއްބަސްވުން ހަދާފައިވާ ކަމަށް ވެސް އެރިޕޯޓުގައި ބުނެފައިވެ އެވެ. ހަމައެހެންމެ އެކޮސްޓުގެ ގޮތުގައި 12 ފަރާތަކުން ދައްކަން ޖެހޭ ފައިސާގެ ތެރެއިން 11.25 މިލިއަން ޑޮލަރުނެގުން ފަސްކޮށްދީފައިވާ ކަމާއި އދ. ހީންފަރާއި ކ. އަތޮޅުގެ ފަޅެއްގެ އިތުރުން ވ. އަތޮޅުގެ ފަޅެއްގެ އިތުރުން އދ. އަލިކޮއިރުގެ އެކުއިޒިޝަން ކޮސްޓަށް ލިބެން ޖެހޭ ފައިސާ ލިބިފައިނުވުން ވެސް ފާހަގަކޮށްފައިވެ އެވެ.

އެއްވެސް އަގަކާ ނުލައި ރަށްތަކާއި ފަޅު ދޫކޮށްފައިވާ އިރު އެއްވެސް އަގަކާއި ނުލައި ރަށަކާއި ފަޅެއްގެ އެއްބަސްބުން އިތުރުކޮށްދީފައިވާ ކަން ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

comment ކޮމެންޓް