ހައުސިން މިނިސްޓްރީ ހިންގުން އުމަރު ނަސީރާ ހަވާލުކުރައްވައިފި

ހޯމް މިނިސްޓަރު އުމަރު ނަސީރު --- ސަން ފައިލް ފޮޓޯ

ހައުސިން މިނިސްޓްރީ ވަގުތީގޮތުން ހިންގެވުން ހޯމް މިނިސްޓަރު އުމަރު ނަސީރާ ހަވާލުކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ހައުސިން މިނިސްޓްރީ ހިންގެވުން އުމަރާ ހަވާލުކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރާއްޖެއިން ބޭރަށް ވަޑައިގަތުމުންނެވެ.

ހައުސިން މިނިސްޓަރު ރާއްޖެއިން ބޭރަށް ވަޑައިގަތީ އަމިއްލަ ދަތުރުފުޅެއްގަ އެވެ.

comment ކޮމެންޓް