ގައުމީ ބެޑްމިންޓަން މުބާރާތް: ފުރަތަމަ ޑިވިޝަން ޗެމްޕިއަންކަން އާކަށް

ގައުމީ ބެޑްމިންޓަން މުބާާރތުގެ މެޗެއްގެ ތެރެއިން --- ފައިލް ފޮޓޯ/ ބެޑްމިންޓަން އެސޯސިއޭޝަން

ކުލަބު އީގަލްސްގެ މައްޗަށް ތިން ގޭމުން ކާމިޔާބު ހޯދައި ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެންބައިގެ ޗެމްޕިއަންކަން އެޑްވަކޭޓިން ރައިޓްސް ފޯ ޗިއލްޑަރަން (އާކް) އިން ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުނު ފައިނަލް މެޗްގައި ސިންގަލްސްގެ އިވެންޓްގެ ފުރަތަމަ މެޗްގައި އާކުން ރާއްޖޭގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ މުޙައްމަދު އަޖުފާން ރަޝީދު ވަނީ އީގަލްސްއިން ވާދަކުރި ރާއްޖޭ ދެ ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާ ޙަސަން އަފްޝީންގެ މައްޗަށް ކާމިޔާބު ހޯދީ 21-18 އަދި 21-6 އިންނެވެ.

ދެ ވަނަ ސިންގަލްސްގައި އާކްގެ ޒަޔާން ޒަކީއާ އީގަލްސްގެ އަހްމަދު ޠައިފް ބައްދަލު ކުރި މެޗް ޒަޔާން ކާމިޔާބު ކުރީ 22-20 އަދި 21-14 އިންނެވެ.

ޑަބަލްސް އިވެންޓްގެ އާކްގެ ޒަޔާންއާއި ނަޝްފަން މުޙައްމަދު ވަނީ އީގަލްސްގެ ޠޯއިފާއި ޙުސައިން ރިޔާޒުގެ މައްޗަށް ދެ ގޭމް އެއް ގޭމުން ކާމިޔާބު ހޯދާފައެވެ.

ފުރަތަމަ ގޭމް ޒަޔާން އާއި ނަޝްފާން ކާމިޔާބު ފޮރިގަދަ ކުޅުމަކަށް ފަހު 23-21 އިންނެވެ.

ދެ ވަނަ ގޭމް ޠޯއިފް އާއި ރިޔާޒު ކާމިޔާބު ކުރީ 21-18 އިންނެވެ. އަދި މޮޅުވި ގޭމް ނަޝްފާން ކާމިޔާބު ކުރީ 21-17 އިންނެވެ.

މުބާރަތުގެ ވަނަ ވަނައަށް އައި ފަރާތްތަކަށް އިނާމު ދިނުމަށް ހަމެޖެހިފައި ވަނީ އަންނަ ބުރަސްފަތި ދުވަހުއެވެ.

comment ކޮމެންޓް