ޖަރުމަނުގެ މާކް ކުންފުނިން އެސްޓީއޯ ފާމަސީތަކަށް ބޭސް ފޯރުކޮށްދޭން ފަށަނީ

މިއަދު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯގެ މެޑިކަލް ސާވިސަސްގެ ޖެނެރަލް މެނޭޖަރު ހުސައިން ސޮބާހު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގަމުން އަންނަ ބޭސްފިހާރަތަކަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމަށް ޖަރުމަނުގެ މާކް ކުންފުނިން ފަށައިފި އެވެ.

ޖަރުމަނުގެ މާކް ކުންފުންޏަކީ ދުނިޔޭގެ އެކި ހިސާބުތަކުގެ ހޮސްޕިޓަލްތައް އަދި ފާމަސީތަކަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމުގައި ދެމިއޮތް އެންމެ ދުވަސްވެފައިވާ އެއް ބައިނަލްއަގުވާމީ ކުންފުންޏެވެ.

އެސްޓީއޯގެ މެޑިކަލް ސާވިސަސްގެ ޖެނެރަލް މެނޭޖަރު ހުސައިން ސޮބާހު ވިދާޅުވީ، އެކްސްކުލޫސިވް ޑިސްޓްރިބިއުޓާޝިޕް އެގްރީމެންޓެއްގައި އެ ކުންފުންޏާ އެކު ސޮއިކޮށްފައި ވަނީ ޖޫންމަހު ކަމަށާއި އެ އެއްބަސްވުމުގެ ސަބަބުން އެސްޓީއޯ އަށް ވަރަށް ބޮޑު ފައިދާތަކެއް ލިއްބައިދޭނެ ކަމަށެވެ.

މިއަދު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އެގޮތުން އެ ކުންފުނީގެ 186 ފާމަސީއަށް ބޭނުންވާ ބޭސް އެންމެ އަގުހެޔޮކޮށް ލިބޭނީ އެފަދަ ގްލޯބަލް ކުންފުންޏަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑޮކްޓާސް ޓްރެއިނިން ޕްރޮގްރާމް ފަދަ ޕްރޮގްރާމްތައް އަޅުގަނޑުމެންނަށް މި ކުންފުންޏާ ގުޅިގެން ހިންގޭނެ. އޭގެ އިތުރުން އަޅުގަނޑުމެންނަށް ޑޮކްޓަރުންނަށް ބޭނުންވާ އެކިކަހަލަ ސިމްޕޯސިއަމްތައް ބޭއްވޭނެ،" ސޮބާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނިން ފޯރުކޮށްދޭ ޕްރޮޑަކްޓްތަކުގެ ރޭންޖަކީ ކާޑިއޮލޮޖީ އާއި ޑައިބަޓަލޮޖީ އާއި އޮންކޮލޮޖީ ޕްރޮޑަކްޓްތައް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް