ޓެކްސް އެޕީލް ޓްރައިބިއުނަލަށް ރައީސް މެމްބަރުން އައްޔަން ކުރައްވައިފި

ރައީސް ޔާމީން ޓެކްސް އެޮޕީލް ޓްރައިބިއުލަނަލަށް އައްޔަން ކުރެއްވި ބޭފުޅަކަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވަނީ ---- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެމްބަރުން އައްޔަން ކުރައްވައިފި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޓްރައިބިއުނަލްގެ މެމްބަރުކަމަށް ރައީސް އައްޔަން ކުރައްވާފައި ވަނީ ގ. މާވާރުލު ހަސަން ޒުހައިރު މުހައްމަދާއި ލ. މާވަށް ނަލަމަލަ ނަސްރުﷲ ޖަމީލާއި ގ. ގޮފި ފާތިމަތު މިންޙަތު އިއްޒަތާއި ގދ. ހޯނޑެއްދޫ ވައިލެޓްފެހި އާމިނަތު ފަރީޝާއާއި މއ. ޕެންޒީވިލާ އާއިޝަތު އަޒުފާ އަބްދުލްޣަފޫރެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ރައީސް ޔާމީން އައްޔަން ކުރެއްވި ބޭފުޅުން ---- ފޮޓޯ: ރައީސް އޮފީސް

އެ ފަސް ބޭފުޅުންނަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. ހުވާލައިދެއްވުމުން ރައީސް ވަނީ އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވައިފައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން، ޓެކްސާ ގުޅޭގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމާ ނިންމުންތައް ފުރަތަމަ މަރުހަލާގައި އިސްތިއުނާފް ކުރެވޭ ތަނެވެ. ޓެކްސާ ގުޅޭ ކަންކަމުގައި ތަންތަން ބަލައި ފާސްކުރުމާއި، ތަކެތި ހިފަހައްޓަން އަމުރު ނެރުމުގެ ބާރު ވެސް އެ ޓްރައިބިއުނަލަށް ލިބިގެންވެ އެވެ.

comment ކޮމެންޓް