ބާސެލޯނާގެ އެންމެ ފުރިހަމަ ކުޅުން ކުރިއަށް އަދި އޮތީ: އެންރިކޭ

ބާސެލީނާއާއި ރެއާލް ސޮސައިޑޭޑް ބައްދަލުކުރި މެޗްގައި ބާސާގެ ސުއަރޭޒް ލަނޑު ޖެހުމަށް ފަހު އެ ޓީމްގެ ކުޅުންތެރިންނާއި އެކު އުފާފާޅު ކުރަނީ --- ފޮޓޯ:އޭޕީ

ބާސެލޯނާގެ އެންމެ ފުރިހަމަ ކުޅުން ކުރިއަށް އޮތްތަނުގައި ފެނިގެން ދާނެ ކަމަށް ބާސެލޯނާގެ ކޯޗް ލުއިސް އެންރިކޭ ބުނެފި އެވެ.

ބާސެލޯނާގެ ދަނޑުގައި ރޭ 0-4ގެ ނަތީޖާއަކުން ރެއާލް ސޮސެއިޑާޑް އަތުން މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުން އެންރިކޭ ބުނީ އޭނާގެ ޓީމް އޮތީ ރަނގަޅު ފޯމެއްގައި ކަމަށާއި އެހެން ނަމަވެސް ކުރިއަށް އޮތް ތާންގައި އަދި އެއަށް ވުރެ ވެސް ރަނގަޅު ކުޅުމެއް ޓީމްގެ ފަރާތުން ފެނިގެންދިއުމަކީ އެނާ އުންމީދު ކުރާ ކަމެއް ކަމަށެވެ.

ބާސެލޯނާގެ ކޯޗް ލުއިސް އެންރިކޭ: އޭނާ ގަބޫލު ކުރާ ގޮތިގައި ބާސާގެ ފަރާތުން އެ ފެއްނަ ކުޅުމަށް ވުރެން މޮޅު ކުޅުމެއް މުސްތަގްބަލުގައި ފެނިގެން ދާނެ ---- ފޮޓޯ: ސްޕޯޓަލް

މިދިޔަ ހަފުތާގައި ރެއާލް މެޑްރިޑް އަތުން 4-0 އިން އަދި ރޯމާ އަތުން ޗެމްޕިއަންސް ލީގުގައި 6-1 އިން މޮޅުވި ބާސެލޯނާ ރޭގައި ވެސް ވަނީ މޮޅުކުޅުމެއް ދައްކާފަ އެވެ.

ލެއޮނަލް މެސީ އާއި ނޭމާ އަދި ލުއިސް ސުއަރޭޒްގެ ލަނޑުތަކާ އެކު، ރެއާލް ސޮސެއިޑާޑް އަތުން މޮޅުވެ ސްޕެނިޝް ލީގުގެ އެއް ވަނައިގައި ބާސެލޯނާ ހަތަރު ޕޮއިންޓުގެ ލީޑް ދެމެހެއްޓި އިރު އެންރިކޭ ބުނީ އެ ތިން ކުޅުންތެރިންގެ ފަރާތުން ވަރަށް ރަނގަޅު އަންޑަސްޓޭންޑިން އެއް ފެނިގެންދާ ކަމަށެވެ.

"މެޗަށް ނިކުތުމުގެ ކުރިން އެ ތިން ކުޅުންތެރިންގެ ފަރާތުން ވެސް ފެނިގެންދޭ އެ ކުޅުންތެރިން ލަނޑުޖަހަން ބޭނުންވެފައިވާ މިންވަރު. އެހެން ނަމަވެސް މެޗް ފެށުމުން ފެނިގެން ދަނީ ތަފާތު މަންޒަރެއް އެއްކުޅުން ތެރިއަކަށް ލަނޑުޖެހުމަކުން ނުފުދޭ. ތިން ކުޅުންތެރިންނަށް ލަނޑު ނުޖެހެންޏާ އެ މީހިން ހިތްހަމައެއް ނުޖެހޭނެ." އެންރިކާ ބުންޏެވެ.

ބާސެލީނާއާއި ރެއާލް ސޮސައިޑޭޑް ބައްދަލުކުރި މެޗްގައި މެސީ ބޯޅަ ހިފައިގެން ކުރިއައްދަނީ --- ފޮޓޯ:އޭޕީ

ރޭގެ މޮޅަށް ފަހު ބާސެލޯނާ އެއް ވަނައިގައި އޮތީ 33 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ 29 ޕޮއިންޓާ އެކު އެތުލެޓިކޯ މެޑްރިޑެވެ. ތިން ވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެފައިވާ ރެއާލް މެޑްރިޑެވެ. އެ ޓީމަށް ލިބިފައި ވަނީ 24 ޕޮއިންޓެެވެ.

ކޭމްޕް ނޯގައި ރޭ ކުޅުނު އެ މެޗުގައި ބަސާއަށް ލީޑު ނަގައިދިނީ 22 ވަނަ މިނެޓުގައި ނޭމާ އެވެ. ދެ ވަނަ ލަނޑު 41 ވަނަ މިނެޓުގައި ސުއަރޭޒް ޖެހި އިރު ނޭމާ ވަނީ 53 ވަނަ މިނެޓުގައި އޭނާގެ ދެ ވަނަ ލަނޑު އަދި ބާސެލޯނާގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. ބާސެލޯނާގެ ހަތަރު ވަނަ ލަނޑު، ކާމިޔާބުކޮށްދިނީ 90 ވަނަ މިނެޓްގައި މެސީ އެވެ.

ރޭ އެތުލެޓިކޯ މެޑްރިޑާއި އެސްޕަނިއޯލް ބައްދަލު ކުރި މެޗްގައި އެ ޓީމްގެ އެންޓޮއިން ގްރިޒްމަން ލަނޑުޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ:އޭޕީ

ލީގްގައި ރޭ އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗް އެ ޓީމް ވަނީ އެސްޕަންޔޯލް އަތުން 1-0 އިން މޮޅުވެފަ އެވެ. އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ ފްރާންސް ފޯވާޑް އެންޓޮއިން ގްރިޒްމަން އެވެ.

comment ކޮމެންޓް