ވައިބާގެ ހިދުމަތަށް ބުރޫ އަރައިފި

މުއާސަލާތީ ހިދުމަތުގައި މަޝްހޫރު ފޯން އެޕްލިކޭޝަނެއް ކަމަށްވާ ވައިބާގެ ހިދުމަތަށް ބުރޫއަރައި، އެޕްލިކޭޝަން ބޭނުން ކުރުމުގައި މައްސަލަތަކެއް ޖެހިއްޖެ އެވެ.

ވައިބާގެ ހިދުމަތް ބޭނުން ކުރަން ފެށުމުގައި މައްސަލަ ޖެހެން މެދުވެރިވީ މީގެ ގަޑިއެއްހާއިރު ކުރިންނެވެ. ބައެއް މީހުންނަށް ވައިބާ ބޭނުން ކުރުމުގައި މެސެޖު ފޮނުމާއި ފޯން ކުރުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ވައިބާގެ މައްސަލަ ޖެހިފައި ވަނީ ރާއްޖޭގައި އެކަންޏެއް ނޫނެވެ. އެމެރިކާ އާއި އިނގިރޭސީ ވިލާތުގައި ވެސް ވައިބާ ބޭނުން ކުރުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ޓުވިޓާގައި ވައިބާއިންކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ވައިބާ ބޭނުން ކުރާ ބައެއް މީހުންނަށް މައްސަލަތަކާ ކުރިމަތިވަމުންދާ ކަމަށާއި އެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ ދެ އަހަރު ކުރިން ވެސް ވައިބާގެ ހިދުމަތް ދެ ފަހަރެއްގެ މަތިން ކެނޑުނެވެ. އެ ދެފަހަރު ވެސް ޖެހުނު މައްސަލަ ވަރަށް އަވަހަށް ހައްލުކުރި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް