ހަތަރު ޓީމާ އެކު ގައުމީ ވޮލީ ބޯޅަ ލީގްގެ ދެވަނަ ބުރު މިއަދު ފަށަނީ

މިދިޔަ އަހަރު ބޭއްވި ގައުމީ ވޮލީ ބޯޅަ މުބާރާތުގެ ތެރެއިން --- ފޮޓޯ: ވީއޭއެމް

ގުޑީސް ސްޕޯޓްސް ކްލަބު މުބާރާތުން އަލްވަދާއު ކިޔައި ގައުމީ ފިރިހެން ވޮލީ ލީގުގެ ދެވަނަ ބުރަށް ހަތަރު ޓީމެއް ދަތުރުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓްގައި ކުޅޭ އެ މުބާރާތުން ގުޑީސް ކަޓާފައި ވަނީ އެޓީމު ކުޅުނު ހުރިހާ މެޗަކުން ބަލިވެގެންނެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރާ ގޮތަށް ކުރިއަށްދާ މި ލީގުން އެޓީމު ފުރަތަމަ ބަލިވީ މުބާރާތުގެ ފުރަތަމަ މެޗުން ދިވެހި ސިފައިންގެ ކްލަބު އަތުންނެވެ. އަދި ދެވަނަ މެޗުން ބަލިވީ ސްޕޯޓްސް ކްލަބް ސިޓީ އަތުންނެވެ. ތިން ވަނަ މެޗުގައި ޕޮލިސް ކްލަބު އަތުން ބަލިވެފައިވާ އިރު، ހަތަރު ވަނަ މެޗުން އެޓީމު ބަލިވީ މޯލްޑިވިއަން ރެކްރިއޭޝަން ކްލަބު އަތުންނެވެ.

އެއްވަނަ ޓީމުގެ ގޮތުގައި 10 ޕޮއިންޓާ އެކު ދެވަނަ ބުރަށް ގޮސްފައި ވަނީ ދިވެހި ސިފައިންގެ ކްލަބެވެ. އަދި ދެވަނަ ޓީމުގެ ގޮތުގައި ޕޮލިސް ކުލަބު ދަތުރުކޮށްފައި ވަނީ ނުވަ ޕޮއިންޓާ އެކު އެވެ. ތިން ވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް މޯލްޑިވިއަން ސްޕޯޓްސް އަށް ޕޮއިންޓްޓާ އެކު ދިޔަ އިރު ހަތަރު ވަނަ ޓީމުގެ ގޮތުގައި ދަތުރުކޮށްފައިވާ ސްޕޯޓްސް ކްލަބަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.

ފުރަތަމަ މެޗްގައި މިއަދު ހަވީރު އެއް ވަނަ ދިފާއު ކުރަންސިފައިން މޯލްޑިވިއަންނާއި ދެކޮޅަށް ނިކުންނަ އިރު ދެވަނަ މެޗްގައި މިރޭ ޕޮލިސް ކުލަބް ނިކުންނާނީ ސްޕޯޓްސް ކުލަބް ސިޓީއާއި ދެކޮޅަށްށެވެ.

comment ކޮމެންޓް