50 މިލިއަން ރުފިޔާގެ ލޯނު ސުކީމެއް ރައީސް އިފްތިތާހު ކޮށްދެއްވައިފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަނޑައެޅި 50 މިލިއަން ރުފިޔާގެ ލުއި ލޯނު ސްކީމް ރައީސް އަބްދުﷲ ޔާމީން މިރޭ ތައާރަފްކޮށްދެއްވަނީ: ފޮޓޯ / ރައީސް އޮފީސް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން 50 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް މިރޭ ތައާރަފްކޮށްފި އެވެ.

އެ ލޯނު ސްކީމް ތައާރަފް ކޮށްދެއްވީ ދަރުބާރުގޭގައި މިރޭ އޮތް "އިކޮނޮމިކް ޑައިލޮގް ވިތު ދަ ޕްރެޒިޑެންޓް" ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނެވެ.

މިރޭ ތައާރަފު ކުރެވިގެން ދިޔަ ލޯން ސްކީމާ ގުޅޭ ތަފްސީލީ އެއްވެސް މައުލޫމާތެއް އިކޮނޮމިކް މިނިސްޓުރީން ހާމައެއް ނުކުރެ އެވެ.

އިކޮނޮމިކް މިނިސްޓުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ އެސްއެމްއީ ކޮންސަލްޓެންޓް އިބްރާހިމް ފިރުޝާން ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން މި އަހަރަށް ކަނޑައަޅާފައިވާ 50 މިލިއަން ރުފިޔާގެ ލުއި ލޯނު ދޭން ނިންމާފައިވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓުރީން ބުނީ އެ ލޯން ސްކީމް ކުރިއަށް ގެންދިއުމުގެ ހުއްދަ އެސްއެމްއީ ކައުންސިލުން ހުއްދަ ދީފައިވާ ކަމަށެވެ.

comment ކޮމެންޓް