ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމުގައި އުރީދޫ މޯލްޑިވްސްގެ މަސައްކަތްތައް ބާރު ދުވެލީގައި

މިއަދަކީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހެވެ. ދުނިޔޭގައި މިދުވަސް ފާހަގަކުރަމުންދާއިރު، މިއަހަރުގެ ޝިއާރަކީ "އެކްސެލެރޭޓިން ޑިޖިޓަލް ޓްރާންސްފޮމޭޝަން އިން ޗެލެންޖިން ޓައިމްސް" ނުވަތަ ދަތި ދުވަސްވަރުގައި ހަލުވިކަމާއެކު ޑިޖިޓަލް ބަދަލުތައް ގެނައުމެވެ.

އަހަރުގެ ޝިއާރަކީ މި ދުވަސްވަރާ ވަރަށްވެސް ގުޅޭ ތީމްއެކެވެ. މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް19 ޕެންޑެމިކްގައި ހާމަވެގެންދިޔައީ ލޮކްޑައުން ފަދަ ހާލަތެއްގައި އާންމު ދިރިއުޅުމުގެ ކަންކަން ހުއްޓުމެއް ނެތި ކުރިއަށްގެންދިއުމުގައި ޑިޖިޓަލް އަދި މުވާސަލަތީ ވަސީލަތްތަކުގެ މުހިންމު ކަމެވެ. ރާއްޖެއަށް ބަލާއިރު އުރީދޫ މޯލްޑިވްސްއިން ވަނީ މިކަން ކާމިޔާބުކޮށް، މުޖުތަމައު ނުހުއްޓި ކުރިއަށްގެންދިއުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ޕެންޑެމިކްއެއްގައި އެންމެ މުހިންމު ކަމަކީ އާންމު ދިރިއުޅުމުގެ ކަންކަން މެދުނުކެނޑި ކުރިއަށްގެންދިއުމެވެ. ސްކޫލްތަކުގެ ކިޔެވުންތަކާއި ވަޒީފާ އަދާކުރުމުން ފެށިގެން ގޮސް، ވިޔަފާރި ކުރުން ވެސް އޮންލައިން ނިޒާމަކަށް ބަދަލުވާއިރު، މިއީ ކާމިޔާބުކަމާއެކު ކުރެވޭނެ ކަމެއްކަން އުރީދޫއިން ވަނީ ސާބިތުކޮށްދީފަ އެވެ.

ޕެންޑެމިކްގައި ދިވެހި މުޖުތަމައު ގުޅުވައިދިނުމަށް އުރީދޫއިން ކުރި ބުރަ މަސައްކަތަށް ބަލައިލުމުގެ ކުރިން ރާއްޖޭގެ މުވާސަލާތީ ދާއިރާއަށް އެކުންފުނިން ގެނައި އިންގިލާބީ ބަދަލުތަކަށް ބަލައިލުން މުހިންމެވެ. ވަތަނިއްޔާގެ ނަމުގައި 2005ވަނަ އަހަރު ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭން ފެށި އުރީދޫއިން ވަނީ ފާއިތުވެދިޔަ 15 އަހަރުގެ ތެރޭގައި ގިނަ އައު ހިދުމަތްތަކެއް ތައާރަފުކޮށްފަ އެވެ.

ހިދުމަތް ދޭން ފެށިތާ ތިންވަނައަށްވީ އަހަރު (2008) އެކުންފުނިން ވަނީ ރާއްޖެއަށް 3ޖީގެ ހިދުމަތް ތައާރަފުކޮށްފަ އެވެ. އަދި އެ ހިދުމަތް އިތުރަށް ފުޅާކުރުމަށްފަހު 2014ވަނަ އަހަރު އުރީދޫއިން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް 4ޖީގެ ހިދުމަތް ތައާރަފުކޮށްފަ އެވެ. އަދި މުޅި ރާއްޖެއަށް އެ ހިދުމަތް ފުޅާކުރި ފުރަތަމަ ކުންފުންޏަކީވެސް އުރީދޫ އެވެ.

އުރީދޫގެ ސަބްމެރިން ކޭބަލް ޕްރޮޖެކްޓުން މުޅި ރާއްޖެ ގުޅުވައިލީ 2016ވަނަ އަހަރުގަ އެވެ. އެއާއެކު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ފެންވަރު ރަނގަޅު މުވާސަލަތީ ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދިޔަ އެވެ.

އުރީދޫއިން މުޅި ރާއްޖެއަށް ފުޅާކޮށްފައިވާ ސަބްމެރިން ކޭބަލް-- ފޮޓޯ/އުރީދޫ

އެ މުއްދަތުގެ ތެރޭގައި އުރީދޫއިން ވަނީ ވަޔަލެސް ބްރޯޑްބޭންޑް، މޮބައިލް ބްރޯޑްބޭންޑް، މޮބައިލް ނަންބަރ ޕޯޓަބިލިޓީ، އުރީދޫ ސުޕަނެޓް (ފިކްސްޑް ބްރޯޑްބޭންޑް)، އުރީދޫ މޫލީ (އީކޮމާސް ޕްލެޓްފޯމް) އަދި އެލްޓީއީ ރޯމިން ފަދަ ކަސްޓަމަރުން ބޭނުންވެފައި ތިބި އެތައް ހިދުމަތްތަކެއް ތައާރަފުކޮށްދީފަ އެވެ.

މީގެ އިތުރުން އުރީދޫއިން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައި އެންމެ ޒަމާނީ 5ޖީ ހިދުމަތް ވެސް ރާއްޖެއަށް ތައާރަފުކޮށްފަ އެވެ. މިއީ 4ޖީއަށްވުރެ 10 ގުނަ އަވަސް ހިދުމަތަކަށްވާއިރު މި ހިދުމަތާއެކު އިންޓަނެޓް އަދި ސެލިޔުލާ ހިދުމަތް މިހާރަށްވުރެ ފަސޭހަ ކަމާއެކުު، އަވަސްކަމާއެކު ލިބޭނެ އެވެ.

އުރީދޫއިން ރާއްޖޭގައި 5ޖީގެ ހިދުމަތް ތައާރަފުކުރުން-- ފޮޓޯ/އުރީދޫ

މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް19 ޕެންޑެމިކްއާއެކު ދިރިއުޅުމުގެ ގިނަ ކަންކަން ޑިޖިޓަލް ކުރަން މަޖުބޫރުވިއިރު، އުރީދޫ ވަނީ އެކަން ކާމިޔާބު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އުރީދޫގެ ކަސްޓަމަރުން ހޯދަމުންދިޔަ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ހަތް ޑިޖިޓަލް ސެންޓަރު ހުޅުވި އެވެ. އެ ސެންޓަރުތަކުން ސިމް ގަތުމާއި ސިމް ރީޗާޖު ކުރުމުގެ އިތުރުން ބިލު ދެއްކުމާއި އުރީދޫ އެމްފައިސާ އެކައުންޓް ޓޮޕްއަޮޕް ކުރުން ފަދަ އާންމު ހިދުމަތްތައް، ދުވަހުގެ ކޮންމެ ވަގުތެއްގައިވެސް ދިޔައީ ފޯރުކޮށްދެމުންނެވެ.

އުރީދޫއިން ޑިޖިޓަލް ސެންޓަރެއް ހުޅުވުން-- ފޮޓޯ/އުރީދޫ

ހުޅުމާލޭގައި ގާއިމުކޮށްފައިވާ އެ ސެންޓަރު މެދުވެރިކޮށް ރާއްޖެއާއި ބޭރުގެ ކުންފުނިތަކާއި ސަރުކާރު އިދާރާތަކަށް އަދި ޓުއަރިޒަމް ދާއިރާގެ ހިދުމަތް ފުޅާކޮށް، އީޖާދީ އައު ޑިޖިޓަލް ހިދުމަތްތައް ތައާރަފުކޮށް، ދާއިރާ ކުރިއެރުވުން އެތައް ގުނައަކަށް ފަސޭހަވެގެންދާނެ އެވެ.

މި ސެންޓަރުގެ އެހީގައި ދިވެހި ވިޔަފާރިވެރިންގެ ސާވަތައް ލޯކަލްކޮށް ހޯސްޓުކޮށް، ބޭރުގެ ވިޔަފާރިތަކަށްވެސް ރާއްޖޭގައި ސާވާ ހޯސްޓުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

ޕެންޑެމިކްގައި ދިވެހިން ގުޅުވާލަދީ، އާންމު ދިރިއުޅުމުގައި ހޯދަންޖެހޭ ގިނަ ހިދުމަތްތަކަށް ބުރޫނާރާ ހިފަހައްޓާލެވުނީ އުރީދޫއިން މާ ކުރީއްސުރެ ފައްކާކުރަމުންދިޔަ ޑިޖިޓަލް ޕްލެޓްފޯމްތަކާއި ހިދުމަތްތަކުގެ ސަބަބުންނެވެ. މީގެ އެތައް އަހަރެއް ކުރިން އެކަމަށް އުރީދޫއިން ކުރި އިންވެސްޓްގެ ފޮނި ނަތީޖާ ހަގީގަތުގައި ފެނިގެންދިޔައީ އެކަމަށް އެންމެ ބޮޑަށް ބޭނުން ޖެހުނު، ޕެންޑެމިކްގެ ތެރޭގަ އެވެ.

އުރީދޫއިން ދަނީ މެދުކެނޑުމެއްނެތި ދުނިޔޭގެ މާކެޓުގައި ބޭނުންކުރަމުންދާ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީތައް ރާއްޖެއަށްވެސް ތައާރަފުކުރަމުންނެވެ. މީގެ ސަބަބުން ދިވެހިންނަށް މި ދާއިރާގައި އިތުރު ފުރުސަތުތައް ފަހިވެ، ރާއްޖޭގެ އިޖުތިމާއި އަދި އިގްތިސާދީ ތަރައްގީއާއި އެހެނިހެން ދާއިރާތަކުގެ ތަރައްގީއަށް ވެސް އިތުރު ކުރިއެރުމެއް ލިބިގެންދެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް