ހުއްދަ ނެތި މިސްކިތްތައް ބަންދު ނުކުރަން އަންގައިފި

ނައިފަރުގެ މިސްކިތެއް--- ފޮޓޯ: ނަިއފަރު ކައުންސިލް

ހުއްދަ ނެތި އެއްވެސް މިސްކިތެއް ބަންދު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހުއްދަ ނެތި މިސްކިތްތައް ބަންދުކުރާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ.

މިސްކިތާއި މިސްކިތްތަކުގެ ގޯތިތެރެ ބޭނުންކުރުމާއި މިސްކިތުގެ ގޯތި ތެރޭގަިއ ތަނެއް ބިނާކުރުން މަރާމާތުކުރުން ނުވަތަ މިސްކިތަކަށް ބައެއް އިތުރުކުރުން ނުވަތަ ބަދަލެއް ގެނައުން ފަދަ އެއްވެސް މަސައްކަތެއް ކުރާނަމަ މިނިސްޓްރީގެ ހުއްދަ ހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

"މިސްކިތުގައި ބޭނުންކުރަން ބަހައްޓާ ލިޔުންތައް މިސްކިތުގައި ބަހައްޓާނީ މި މިނިސްޓްރީން ބަލައި ޗެކްކޮށް އަދި މިނިސްޓްރީން ފާސްކޮށް ތައްގަނޑު ޖަހާފަިއވާ ލިޔުންތައް ނޫން އެހެން އެއްވެސް ލިޔުމެއް މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ މިސްކިތުގައި ނުބެހެއްޓުމަށް ވާނީ ދަންނަވައިފައެވެ." މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނީ މިސްކިތުގައި ބޭނުންކުރާ ސައުންޑް ސިސްޓަމް ބޭޏުންކުރާނީ ބަންގި ގޮވައި އަދި މިނިސްޓްރީން އަންގާ އެންގުންތައް އެންގުމަށް ކަމަށެެވެ. އެނޫން ގޮތަކަށް ސައުންޑް ސިސްޓަމް ބޭނުންކުރަނާނީ މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮރޮނާއާ ގުޅިގެން މިސްކިތްތަކުގައި ޖަމާއތަުގައި ނަމާދު ކުރުން ވަގުތީ ގޮތުން ވަނީ މެދުކަނޑައިލައިފައެވެ.

comment ކޮމެންޓް