ސްނެޕްޗެޓް ގިނަ ބަޔަކަށް ޑައުންވެެއްޖެ

ޒުވާނުންގެ މެދުގައި އެންމެ މަޝްހޫރު އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް ސްނެޕްޗެޓް ވަރަށް ގިނަ ބަޔަކަށް ދާދި ދެންމެއަކު ޑައުންވެއްޖެ އެވެ.

ސްޓްރީކް ކުރުމަށް ނުވަތަ އެކުވެރިންނަށް ސްނެޕް ކުރުމަށް ސްނެޕްޗެޓު އެޅުވި މީހުންނަށް މިއަދު ވަނީ ސްނެޕްޗެޓް ބޭނުން ކުރެވޭގޮތް ނުވެފަ އެވެ.

ސްނެޕްޗެޓު އަޅުވައި، ސްނެޕްކުރުމުން އެ ސްނެޕް ފޮނުވާ ކަމަށް ދައްކަ އެވެ. އެހެންނަމަވެސް އެތައް އިރަކު އެގޮތަށް އިނުމަށް ފަހު ސްނެޕް ވަނީ ފެއިލް ވެފަ އެވެ.

ރާއްޖެއާއި ދުނިޔޭގެ ގިނަ ބަޔަކަށް ސްނެޕްޗެޓު ޑައުން ވެފައިވާއިރު ގިނަ ބަޔަކު ވަނީ ވަގުތުން ޓްވިޓާއަށް މައްސަލަ ހިފައިގެން ގޮސްފައެވެ. އަދި ސްނެޕްޗެޓް ޑައުން ވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނެ މައްސަލަ ޖައްސަމުންނެވެ.

އެ މައްސަލައާ ގުޅިގެން ސްނެޕްޗެޓުގެ ބަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް