އަސްކަރީ ތަމްރީނެއް ކުރިއަށްގެންދާތީ ސަމާލުވާން އެދެފި

އެމްއެންޑީއެފުން ހިންގި "ބޮމްބް އެންޑް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް ޓްރޭނިންގް އެޑްވާންސް ކޯސް" ގެ ފައިނަލް އެކްސްސައިޒްތައް ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބޭއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެންޑީއެފް އިން އަސްކަރީ ތަމްރީނެއް ކުރިއަށްގެންދާތީ ސަމާލުވާން އެދެފި އެވެ.

އެމްއެންޑީއެފް އިން ބުނީ އެމްއެންޑީއެފް އިން ބާއްވާ ހާއްސަ އަސްކަރީ ތަމްރީނުތަކެއް މިއަދުން ފެށިގެން މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެ ކަމަށެވެ.

މި ތަމްރީނުތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން 18:00 އަށް ހުޅުލޭގެ އިރުމަތީ ފަރާތުން ހަތް ނޯޓިކަލް މޭލު ބޭރުގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކޮށްގެން ބަޑިޖެހާނެތީ އެކަމަށް ސަމާލުވާން އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެގޮތުން ބަޑިޖަހާއިރު ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 5000 މީޓަރެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާނީ މެޝެން ފަޔާ ގަން އެވެ.

comment ކޮމެންޓް