މުއުމިނާ އަބްދުލްގައްޔޫމު އަވަހާރަވެއްޖެ

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ކޮއްކޯފުޅު މުއުމިނާ އަބްދުލްގައްޔޫމު އަވަހާރަވެއްޖެ އެވެ. އެކަމަނާ އަވަހާރަވީ މިއަދު އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެއްބަފާ ދައްތާފުޅު މުއުމިނާ އަކީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެެ މާމާފުޅު ވެސްމެ އެވެ.

މުއުމިނާ އަމީރު އަހުމަދުގެ ވަނީ 22 އަހަރަށް ވުރެ ގިިނަ ދުވަހު ސަރުކާރަށް ހިދުމަތް ކުރައްވައިފަ އެވެ. އެކަމަނާ އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އަމީރު އަހުމަދުގެ މުދައްރިސާއެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އަމީނިއްޔާ ސްކޫލުގެ މުދައްރިސާކަން ވެސް ކުރެއްވި އެވެ.

މީގެ އިތުރުން ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަޖިލީހާއި ގަލޮޅު އަވަށު އޮފީހުގައި ވެސް މުއުމިނާ ހިދުމަތް ކުރެއްވި އެވެ.

މުއުމިނާ އަވަހާރަވީ އުމުރުން 79 އަހަރުއެވެ. ކަށުނަމާދު އޮންނާނީ އަސުރު ނަމާދަ ށްފަހު އާސަހަރާ މިސްކިތުގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު