ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އޮގަސްޓް ކުރިން ނުނިމިއްޖެނަމަ ކެންސަލް

ޔުއެފާގެ ރައީސް އަލެކްސާންދާ ޗުފަރީން --- ފޮޓޯ : ގާޑިއަން

މިހާރު މެދުކަނޑާލާފައިވާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ސީޒަން މިއަހަރުގެ އޯގަސްޓު މަހުގެ ތިންވަނަ ދުވަހުގެ ކުރީން ނިންމާލަން ޖެހޭނެ ކަމަށާއި އެހެން ނޫން ނަމަ ސީޒަން ކެންސަލުކޮށްލަން ޖެހޭނެ ކަމަށް ޔުއެފާއިން ބުނެފި އެވެ.

ޔުއެފާގެ ރައީސް އަލެކްސެންދާ ޗުފަރީން ދާދި ފަހުން ވިދާޅުވީ މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އާ ގުޅިގެން ހުރިހާ ފުޓުބޯޅަ މުބާރާތްތައް މަޑުޖައްސާލާފައި އޮތުމުން މިހާރު ފަށާފައިވާ ސީޒަންތައް ނިންމާލެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.

އެހެންނަމަވެސް އޯގަސްޓުގެ ތިންވަނަ ދުވަހަކީ މުބާާރާތުގެ ޑެޑްލައިން ކަމަށާއި ލީގު ޕްލޭ އޮފް އަކީވެސް އޮތް ހިޔާލެއް ކަމަށް ޗުފަރީން ވިދާޅުވި އެވެ.

"މިއީ އާދަޔާ ހިލާފު ހާލަތެއް. އެހެންވީމަ ކުޅެވިދާނެ ތާރީހާއި ކިކް އޮފް ވަގުތުތަކަށް އަޅުގަނޑުމެން ފްލެކްސިބަލް ވާން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

މުބާރާތުގެ މެޗުތައް، ނޮކްއައުޓު އުސޫލުން ކުރިއަށް ގެންދާނެ ކަހަލަ ވާހަތަކެއް ވަނީ ދާދި ފަހުން ދެކެވިފަ އެވެ. އެކަމަށް ރައްދުދެމުން ޗުފަރީން ވިދާޅުވީ މިހާރުވެސް ކުޅޭ ސިސްޓަމަށް ކުރިއަށް ގެންދެވިދާނެ ކަމަށެވެ. ނުވަތަ ނޮކްއައުޓް އަށްވެސް ކުޅުމަކީ އޮތް ގޮތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިވަގުތު އެޅޭނެ ހަމައެކަނި ގޯސް ފިޔަވަޅަކީ ކުޅުންތެރިންގެ ރައްކާތެރިކަމާއި ސަލާމަތައް ގެއްލުން ވާނެ ގޮތައް ކަމެއް ކުރުން،" އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް