ކިއާރާ އަދުވާނީގެ އަސްލު ނަމަކީ އާލިއާ!

ބަތަލާ ކިއާރާ އަދުވާނީ--

ކާމިޔާބު ފިލްމު "ކަބީރު ސިންހް"ގެ ބަތަލާ ކިއާރާ އަދުވާނީގެ އަސްލު ނަމަކީ އާލިއާ އަދުވާނީއެވެ. ކިއާރާ އަކީ ހަމައެކަނި އޭނާ ބޮލީވުޑް އިންޑަސްޓްރީގައި ބޭނުންކުރާ ނަމެވެ.

ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އުމުރުން 27 އަހަރުގެ ބަތަލާ ބުނީ ކިއާރާގެ ނަމަކީ ސަލްމާން ޚާން ދިން ނަމެއްކަމަށެވެ. އޭނާ އަށް ކިއާރާ ކިޔުނީ ބޮލީވުޑްގައި މިހާރު ވެސް އާލިއާ ކިޔާ ތަރިއެއް އުޅޭތީވެ ބަޔަކަށް އޮޅުންބޮޅުން އަރާތީ ކަމަށެވެ.

ދެހާސް ސާދަ ވަނަ އަހަރު ނުކުތް ފިލްމު "ފުގްލީ" އިން ބޮލީވުޑަށް ނުކުތް ތަރި ބުނީ ގިނަ މީހުންނަށް އަދި ވެސް އޭނާއަށް ކިޔާ އަސްލު ނަން ނޭނގޭ ކަމަށެވެ.

ކިއަރާ ބުނީ އެ ނަމަކީ އޭނާއަށް ވަރަށް ރީތި ނަމެއް ކަމަށާއި ސަލްމާން އެނަން ހުށައެޅުމުން އެނަމަށް ބަދަލުކުރަން އެއްބަސްވި ކަމަށެވެ. އޭނާ ބުނީ މިހާރު އާއިލާ މީހުން ވެސް އޭނާ އަށް ކިޔަނީ ކިއާރާކަމަށެވެ.

އޭނާ އަތުގައި މިހާރު ވެސް ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި "ޝޭރްޝާހް" އަދި "ބޫލް ބުލައްޔާ 2" ހިމެނެ އެވެ.

comment ކޮމެންޓް