މަނީ ހެއިސްޓް ބަލަން ތައްޔާރުތަ؟

މަނީ ހެއިސްޓް---

ދިވެހިންގެ މެދުގައިވެސް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ މަނީ ހެެއިސްޓްގެ ހަތަރު ވަނަ ސީޒަން ރިލީޒްކުރާނެ ދުވަސް އިއުލާންކުރުމާއެކު އެންމެން ވެސް އިންތިޒާރުކުރަމުން އައީ އެ ސީރީޒް ދައްކާނެ ދުވަހަށެވެ.

މިއޮތީ އެދުވަސް އައިއްސައެވެ. ލައްކަ ދުވަހެއްގެ އިންތިޒާރުދޯއެވެ؟ ނެޓްފްލިކްސްގެ ސީރީޒް އާންމުންގެ މެދުގައި މަގްބޫލުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ސީރީޒްގެ ޓްރެއިލާ އާންމުކުރި ދުވަހުވެސް އެ ޓްރެއިލާއަށް ވަނީ ގިނަ އަދަދެއްގެ ވިއުސް ލިބިފައެވެ. މިހާރު އެ ޓްރެއިލާ މީހުން ބެލި އަދަދު ވަނީ ހަތަރު މިލިއަނަށް އަރާފައެވެ. ނޭވާ ހިފަހައްޓާލަންޖެހޭ ގިނަ މަންޒަރުތަކެއް މި ޓްރެއިލާ އިން ފެނިގެންދިޔައިރު ބެލުންތެރިން ބުނަނީ ހަތަރު ވަނަ ސީޒަން ބެލުމަށް ކެތްމަދުވެފައިވާކަމަށެވެ.

ނިމިދިޔަ ސީޒަން ނިމުނުއިރު ފެނިގެންދަނީ ނައިރޯބީ މަރަށް ތެޅޭތަނެވެ. އޭނާ މަރުވިތޯ ނުވިތޯ ވެސް އެނގޭނީ ހަތަރު ވަނަ ސީޒަނުންނެވެ. ދެން ޓްރެއިލާ އިން ފެނިގެންދަނީ ރަކޭލް ފުލުހުންގެ ހާޒިރަށް ގެންނަ މަންޒަރެވެ. ސުވާލަކީ ރަކޭލް ފުލުހުންނާ އެއްކޮށް މަސައްކަތްކުރާނެތޯ އެވެ؟ އެ ސުވާލުގެ ޖަވާބުވެސް އެނގޭނީ މި ސީޒަން ބަލައިލުމުންނެވެ. މަނީ ހެއިސްޓްގެ ޓްރެއިލާ 34 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބަލާފަ އެވެ.

comment ކޮމެންޓް