މަރަދޫއަށް އަރައި އާންމުންގެ މުދަލަށް ގެއްލުންދިން ހަތަރު މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާޗު 30 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އައްޑޫ ސިޓީ މަރަދޫއަށް އަރައިި އާންމުންގެ މުދަލަށް ބަޔަކު ގެއްލުން ދިން މައްސަލައެއްގައިި ތުހުމަތު ކުރެވޭ ބަޔަކު ހައްުޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހަތަރު މީހަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ ހިތަދޫގައި އިއްޔެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ އަވަށުންނެވެ.

މަރަދޫއަށް އަރައި އާންމުންްގެ މުދަލަށް ގެއްލުން ދިންކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ މީހަކާއި، 20 އަހަރުގެ ދެމީހުންނާއި 22 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހިންނެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް