ދާންދޫގައި ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

ގއ. ދާންދޫ

ގއ. ދާންދޫގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލައިފިއެވެ.

އެ ހަމަލާގައި ޒަހަމްވެފައިވަނީ ދާންދޫގެ ހޮޓަލެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހެކެވެ. އޭނާއަށް ހަމަލާ ދިނީ ދާންދޫގެ ޒުވާނެކެވެ.

ދާންދޫ ކައުންސިލްގެ ރައީސް އިސްމާއީލް މުހައްމަދު "ސަން" އަށް މިރޭ ވިދާޅުވީ އެ ހަމަލާ ދިނީ މިރޭ 10:00 އެހައިކަންހާއިރު ކަމަށެވެ.

ހަމަލާގައި ޒަހަމްވި މީހާގެ އުޅަނބޮށި ކައިރިން ދެ އިންޗި ކަފައިގެން ވަނީ ގޮސްފައެވެ. އޭނާއަށް އެރަށުގެ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލައިފައެވެ.

އެ ހަމަލާ ދިނީ ކީއްވެގެން ކަމެއް އަދި ނޭނގެއެވެ.

"ރަށުގެ ވަރަށް ގިނަ މީހުންގެ އިހްތިރާމް ލިބިފައިވާ ބިދޭސީ މީހެއް އެއީ،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އެ މައްސަލައިގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާ ކަަމަށް ދާންދޫ ކައުންސިލުން ބުންޏެވެ.

comment ކޮމެންޓް