ހެޔޮ ގޮތުގައި ޑޭޓާ ބޭނުންކުރަން އުރީދޫއިން އިލްތިމާސްކޮށްފި

މި ދުވަސްވަރު ހެޔޮ ގޮތުގައި ޑޭޓާ ބޭނުންކުރަން އުރީދޫއިން އިލްތިމާސްކޮށްފި އެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި ގޭގައި ތިބެގެން ހުރިހާކަމެއް ހަމަޖެއްސުމުގައި އުރީދޫގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

ނަޖީބް ވިދާޅުވީ މި ދުވަސްވަރު މުޅި ދުނިޔެއަށް ބަލައިލި ކަމުގައި ވިޔަސް އާއިލާތަކާއި ވިޔަފާރިތަކަށް ކުރިމަތިލާން ޖެހިފައި މިވަނީ މީގެ ކުރިން ތަޖުރިބާކޮށްފައިނުވާ އާ ގޮންޖެހުމަކާ ކަމަށެވެ. އެހެންކަމުން ކޮވިޑް-19ގެ އަސަރުކޮށްފައިވާ އެންމެހާ ފަރާތްތަކަށް އެޙިތެރިވުމަށް އެންމެ އެކަށީގެންވާ ހިދުމަތްތައް ދިނުމަށް އުރީދޫއިން އިސްކަންދޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

"މި ނާޒުކު ދަނޑިވަޅުގައި އެންމެހާ ފަރާތްތައް ގުޅުވައިދިނުމަށް ޓަކައި، އެންމެ ރަނގަޅު ފެންވަރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް އަރުވަން." ނަޖީބު ވިދާޅުވި އެވެ.

މި ހާލަތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި، އާއިލީ ގުޅުން ދެމެހެއްޓުމަށާއި، ވިޔަފާރި ހިންގުމަށާއި، ޑޮކްޓަރުންގެ ހިދުމަތް އޮންލައިންކޮށް ހޯދުން ފަދަކަންކަމަކީ އިންޓަނެޓްގެ ވަސީލަތްތަކަށް ބަރޯސާވާ ކަންކަންކަން އޭނާ ވަނީ ފާހަގަކުރައްވައިފަ އެވެ.

"ބްރޯޑްބޭންޑަކީ ކަނޑައެޅިފައިވާ ވަކި ވަރަކަށް ލިބިފައިވާ ރިސޯސްއެއް. ވަކިން ހާއްސަކޮށް، ބޭނުންކުރެވޭ ނިސްބަތް ކުރުމުއްދަތެއްގެ ތެރޭގައި މަތިވަމުންދާނެ މި ފަދަ ހާލަތްތަކުގައި، އެންމެ ގިނަ ފަރާތްތަކަށް ފައިދާކުރާނެގޮތަށް، އެންމެ އެދެވޭ ގޮތުގައި އިންޓަނެޓްގެ ބޭނުން ހިފުމަށް އަޅުގަނޑު އެދެން." ނަޖީބް ވިދާޅުވި އެވެ.

އިންޓަނެޓްގެ ހިދުމަތްދޭ ކުންފުންޏެއްގެ ގޮތުން، އެ ފަދަ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ކެޕޭސިޓީ އިތުރުކުރުމަށް އުރީދޫއިން ވަރަށް ގިނަ އިންވެސްޓްމަންޓްތައް ކޮށްފައިވާ ކަމަށް ނަޖީބް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި އުރީދޫއިން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތްކުރަމުން ދިޔައީ ދިވެހީންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް ކަމަށެވެ. އަދި ދެން ވެސް އެގޮތުގައި އުރީދޫއިން އޮންނާނެކަމުގެ ޔަގީންކަން ނަޖީބް ދެއްވި އެވެ.

މޯބައިލް ޑޭޓާ ބޭނުންކުރެވޭ މިންވަރު މަދުކުރުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް ނަޖީބްވަނީ މިއަދު ހިއްސާވެސްކޮށްފަ އެވެ.

އޭގެ ތެރޭގައި:

· ހުޅުވާފައި ހުންނަ އެޕުތައް ލެއްޕުން (ކްލޯޒްކުރުން)

· މުހިއްމުނޫން ބޭނުން ނުކުރާ އެޕުތައް ފޮހެލުން

· ބެކްގްރައުންޑް ޑޭޓާ ބޭނުންނުކުރާ ގޮތަށް ފޯނުގެ ސެޓިންގް ބަދަލުކުރުން

· ނެޓްފްލިކްސް، ޔޫޓިއުބް ފަދަ އެޕުތަކުން ސްޓްރީމް ކުރާ ފެންވަރު ދަށްކުރުން

· ޔޫޓިއުބް، ފޭސްބުކް، އަދި އިންސްޓަގްރާމުން އަމިއްލައަށް ވީޑިއޯ ޕްލޭ ނުކުރާގޮތް ހެދުން

· ޓީވީ ބެލުމުގެ ފުރުސަތު އޮތް ހާލަތްތަކުގައި ސްޓްރީމް ނުކޮށް ޓީވީ އިޙްތިޔާރު ކުރުން

comment ކޮމެންޓް