އަންނަ އަހަރުގެ ޖުލައި މަހަށް އޮލިމްޕިކްސް ތާވަލުކޮށްފި

މިއަހަރުގެ އޮލިމްޕިކްސްގެ ހާއްސަ ރިލޭއަށް ޓޯކިޔޯއިން ތައްޔާރުކޮށްފައިވާ ޓޯޗު -- ފޮޓޯ : އެމްއެސްއެން

ކޮވިޑް-19 އާ ގުޅިގެން އަންނަ އަހަރަށް ފަސްކުރި އޮލިމްޕިކްސް، ޓޯކިޔޯ 2020 ގޭމްސް، އަންނަ އަހަރުގެ ޖުލައި މަހުގެ 23ގައި ފަށާގޮތަށް ތާވަލުކޮށްފި އެވެ.

އަންނަ އަހަރުގައި ޓޯކިޔޯ ގޭމްސް ބާއްވާނެ ކަމަށް މީގެކުރީން ވަނީ އިއުލާނުކޮށްފައެވެ. އެހެންނަމަވެސް އޮލިމްޕިކްސް ބާއްވާނެ ސީދާ ތާރީހެއް މީގެކުރީން ހާމަކޮށްފައެއް ނުވެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޯކިޔޯ 2020ގެ ޗީފް ޔޮޝީރޯ މޯރީ ވިދާޅުވީ އަންނަ އަހަރަށް ފަސްކުރި ޓޯކިޔޯ ގޭމްސް ކުރިއަށްދާނީ ޖުލައި 23 އިން ފެށިގެން އޯގަސްޓު އަށެއްގެ ނިޔަލަށް ކަމަށެވެ. އޮލިމްޕިކްސްގެ އިތުރުން ޕެރަލިމްޕިކްސްވެސް ކުރިއަށްދާނީ ޓޯކިޔޯގައި ކަމަށާއި އެ މުބާރާތް ކުރިއަށްދާނީ އޯގަސްޓު 24 އިން ސެޕްޓެމްބަރު ހައެއްގެ ނިޔަލަށް ކަމަށް މޯރީ ވިދާޅުވިއެވެ.

މޯރީ ވިދާޅުވީ އިންޓަނޭޝަނަލް އޮލިމްޕިކްސް ކޮމިޓީ (އައިއޯސީ) އިން މި ހަފްތާގެ ތެރޭގައި އެ ނިންމުން ރަސްމީކޮށް އިއުލާނުކުރާނެ ކުރާނެ ކަމަށެވެ.

އޮލިމްޕިކް ގޭމްސްތައް 1896 ގައި ފެށުމަށްފަހު، އެ މުބާރާތް ފަސްކޮށްފައި ނުވަތަ ކެންސަލުކޮށްފައިވަނީ ވަރަށް މަދު ފަހަރެއްގައެވެ. އެގޮތުން އެ މުބާރާތް ކެންސަލުކޮށްފައިވަނީ ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، 1916 އާއި ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު 1940 އާއި 1944 ގައި އެކަންޏެވެ.

މީގެކުރީން އެ މުބާރާތް ފަސްކޮށްފައިވަނީ އެންމެ ދެ ފަހަރަކު އެވެ. އެއީ 1972 ގައި އަދި 1996 ގައި އެކަންޏެވެ. ނަމަވެސް 1972 ގެ ގޭމްސް ލަސްކޮށްފައިވަނީ އެއް ދުވަހަކަށެވެ. އަދި 1996 ގެ ގޭމްސް ލަސްކޮށްފައިވަނީ ހަމައެކަނި ވަގުތެވެ.

comment ކޮމެންޓް