އެމްއެމްއޭއިން އަންނަ ބުރާސްފަތި ދުވަހު ހިދުމަތްތައް ދޭ ގަޑިތަކަށް ބަދަލެއް

އެމްއެމްއޭގެ އިމާރާތް

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އަންނަ ބުރާސްފަތި ދުވަހު ހިދުމަތްތައް ދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

އެކަމާ ގުޅޭ ގޮތުން އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އަންނަ ބުރާސްފަތި ދުވަހު ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތްދޭނީ ހެނދުނު 09:30 އިން 12:30 އަށް ކަމަށެވެ. އަދި ވަކި ލާރި ބަލައިގަންނާނީ ހެނދުނު 09:30 އިން 11:30 އަށް ކަމަށްވެސް ބުނެފައިވެއެވެ.

ޖެމްސް ބޭނުންކުރާ އިދާރާތަކާއި އާންމު ފަރާތްތަކުން އެ އޮތޯރިޓީއަސް ފޮނުވާ ސިޓީއާއި އެހެނިހެން ތަކެތި ބަލައިގަންނާނީ [email protected] އަށްކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.

comment ކޮމެންޓް