ދީޕިކާ ބުނަނީ ރަންވީރު 20 ގަޑިއިރު ނިދާކަމަށް!

ދީޕިކާ ޕަދުކޯން އަދި ރަންވީރު ސިންހް---

ބޮލީވުޑްގެ ބަތަލު ރަންވީރު ސިންހް ގެންގުޅެން ވަރަށް ފަސޭހަކަމަށް އޭނާގެ އަންހެނުން ބަތަލާ ދީޕިކާ ޕަދުކޯން ބުނެފިއެވެ.

އިންޑިއާ 21 ދުވަހުގެ މުއްދަތަކަށް ލޮކްޑައުންކޮށްފައިވާއިރު ދީޕިކާ ބުނީ ރަންވީރު މިދުވަސްކޮޅު 20 ގަޑިއިރު ނިދާކަމަށެވެ. އެކަމުގެ ސަބަބުން އޭނާ ގެންގުޅެން ވަރަށް ފަސޭހަކަމަށް ދީޕިކާ ބުނެއެވެ. ދީޕިކާ ބުނީ އެހާ ގިނަ ވަގުތު ރަންވީރު ނިދާއިރު ގޭތެރޭ މަސައްކަތް އޭނާ އަށް ވަރަށް ފަސޭހައިން ކުރެވޭކަމަށާއި އޭނާ ކުރަން ބޭނުންވާ ކަންކަން ކުރަން ވަގުތު ވާކަމަށެވެ. އަދި މި ދުވަސްކޮޅު އިންޑިއާ ކާނާ ތައްޔާރުކުރުމަށް ދަސްކުރަމުން އަންނަ ކަމަށްވެސް ދީޕިކާ ބުންޏެވެ.

"ރަންވީރު ދުވަހަކުވެސް ބަދިގެ ތެރެއަށް ނުވަންނާނެ. އަހަރެން ވަރަށް މޮޅުވާނެ ވެސްޓާން ޑިޝް ތައްޔާރު ކުރާށާއި އިޓާލިއަން ކެއުން ތައްޔާރުކުރަން. މިފަހަރު އަހަރެން ބޭނުންވަނީ އެކި ކަހަލަ އިންޑިއަން ޑިޝް ތައްޔާރުކުރަން ދަސްކުރަން،"

ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ދީޕިކާ ބުނީ ރަންވީރު ހޭލާ އުޅޭ ހަތަރު ގަޑިއިރު ދެމީހުން އެކުގައި ވަގުތު ހޭދަކުރާ ކަމަށެވެ. އެގޮތުން ފިލްމެއް ބަލާލައި ކާލައި ކަސްރަތުކޮށް ހަދާކަމަށެވެ.

ދީޕިކާއާއި ރަންވީރުގެ ޖޯޑަކީ ގިނަ ބައެއްގެ ފޭވަރިޓް ޖޯޑެވެ. އެ ދެތަރިން އެކުގައި ސްކްރީނުން ފެނިގެންދާ ފިލްމު "83" މި އަހަރު ތެރޭ ސިނަމާއަށް އަންނާނެއެވެ.

comment ކޮމެންޓް