ގްރޭޑް ނުވަޔަކަށް މުންނާާރު ޓީވީ މެދުވެރިކޮށް ޓެލިކްލާސްތައް ފަށައިފި

ޖެނުއަރީ 12، 2020: އިއްޒުއްދީން ސްކޫލް ހުޅުވުން: ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގައި އެ ސްކޫލް ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގްރޭޑް ނުވައެއްގެ ދަރިވަރުންނަށް ފިލާވަޅުތައް ގެނެސްދިނުމުގެ ގޮތުން ޕީއެސްއެމްގެ މުންނާރު ޓީވީ މެދުވެރިކޮށް ޓެލެކްލާސްތައް ނަގައިދޭން މިއަދު ފަށައިފި އެވެ.

އެގޮތުން މިއަދު ފަސް މާއްދާއެއް ކިޔަވައިދޭން ވަނީ ތާވަލްކޮށްފަ އެވެ.

އޭގެ ތެރޭގައި ދިވެހި، އިސްލާމް، ހިސާބު ، އިނގިރޭސި އަދި ފިޒިކްސް މާއްދާ ހިމެނެ އެވެ.

އެ ޓެލެކްލާސްތައް ކުރިއަށް ގެންދަނީ މިއަދު މެންދުރު 02:00 އިން 04:00 އަށެވެ.

މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކުގެ ކިޔަވުން ވަނީ ވަގުތީ ގޮތުން ކިޔެވުން މެދުކަނޑާލައިފަ އެވެ. ދަރިވަރުންނަށް މެދުކެނޑުމެެއް ނެތި ފިލާވަޅުތައް ގެނެސްދިނުމުގެ ގޮތުން ގްރޭޑް 10 އަކަށް މިހާރު ފިލާވަޅުތައް ގެނެސްދެނީ ޕީއެސްއެމްގެ ޔެސް ޓީވީއިން އެވެ. އަދި އަދި އޭއެސް ލެވެލްގެ ދަރިވަރުންނަށް ހާއްސަ ކްލާސްތަކެއް ދިވެހިޗެނަލް (މީޑިއާ ނެޓް 121 އަދި ދިރާގުޓީވީ 1017) އިން ކުރިއަށް ގެންދާނެ އެވެ.

އެހެން ގްރޭޑްތަކަކަށް ކިޔަވައިދެނީ އިންޓަނެޓްގެ އެކި ވަސީލަތްތައް މެދުވެރިކޮށެވެ.

ކޮރޯނާ އާއި ގުޅިގެން ދުނިޔޭގެ ގިނަ ސްކޫލުތަކަކާއި ކޮލެޖު ޔުނިވާސިޓީތައް ބަންދު ކޮށްފައިވާއިރު މިއަހަރުގެ މެއި/ޖޫން އެޑެކްސެލް އިމްތިހާނު ވެސް ވަނީ ފަސްކޮށްފަ އެވެ.

ކޮރޯނާއާ ގުޅިގެން ދިރާގުން މިހާރު ވަނީ ޓީޗަރުންނާއި ދަރިވަރުންނަށް ފަސް ޖީބީގެ ޑޭޓާ ޕެކެއްވެސް ހިލޭ ދީފަ އެވެ.

comment ކޮމެންޓް