މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާ ކޮރޯނާއަށް ނެގެޓިވް

މިއަދު މާލޭގެ ގެސްޓްހައުސް އެއްގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާ ކޮވިޑް19 އަށް ޓެސްޓުކޮށްފައިވާ ކަމަށާއި އޭނާ ވައިރަހަށް ނެގެޓިވް ވެފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

ހެންވޭރު، ކާސިންޖީ މަގުގައި ހުރި އެ ގެސްޓުހައުސްގައި މީހަކު މަރުވެފައި އޮތް ކަމަށް ބުނެ ފުލުހުންނަށް ރިިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 9:10 އެވެ.

މެރުވެފައި އޮއްވާ ފެނުނީ 38 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ހެނދުނު ވިދާޅުވީ އެ މީހާއަކީ މ. ކޮޅުފުށުން އައި މީހެއް ކަމަށާއި، އެމީހާ ބަނޑަށް ތަދުވާތީ އިއްޔެ އޭޑީކޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި އެމީހާ މިއަދު ޑޮކްޓަރަށް ދައްކަން ދާން ޖެހޭ ކަމަށެވެ.

ކޮވިޑް19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެމީހާ ޑައިގްނޯޒް ކޮށްފައިވަނީ ޑެންގީއަށް ކަމަށެވެ.

އެހެން ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމީހާ ކޮވިޑް19 އަށް ޓެސްޓު ކުރި ކަމަށާއި، އެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ.

comment ކޮމެންޓް