ރިސޯޓަކަށް މީހަކު އެރި މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީއަށް ފޮނުވައިފި

ޝަހީދު ހުސައިން އާދަމް ބިލްޑިން ---- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމާ ޚިލާފަށް ރިސޯޓަކަށް މީހަކު އެރި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގުމާ ހިލާފަށް ހއ. އަތޮޅުގެ ރިސޯޓަކަށް އެރި މުވައްޒަފު ހައްޔަރުކުރީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އެ މައްސަލައިގައި ހައްޔަރުކުރީ 32 އަހަރުގެ ފިރިހެނެކެވެ.

އެ މައްސަލައިގައި އޭނާގެ ބަންދަށް އޮތީ 15 ދުވަސް ޖަހައިދީފައެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ބާރުގެ ދަށުން މިމަހުގެ 18 ވަނަ ދުވަހު ވަނީ ރިސޯޓުތަކުން މީހުން އެެެރުމާއި ފޭބުން މަނާކޮށްފައެވެ. ރިސޯޓަށް މީހުން އެރުމާ ފޭބުން މަނާކުރިޔަސް ފަަތުރުވެރިންނާއި ފަތުރުވެރިން ފުރުވަން އެއާޕޯޓަށް ގެންދަން ޖެހޭ ހާލަތްތަކުގައި އެކަމަށް ދާ މުވައްޒަފުން އިސްތިސްވާނެއެވެ.

ފުލުހުން ބުނީ ރިސޯޓަށް އެރި މީހާގެ މައްސަލައިގެ ތަހުގީގް ނިންމައި އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މައްސަލަ ޕީޖީގެ އޮފީހަށް ފޮނުވީ މިއަދު ކަމަށެވެ.

ކޮވިޑް ޖެހިފައިވާ 17 މީހަކު މިހާތަނަށް ރާއްޖެއިން ވަނީ ފެނިފައެވެ. އޭގެ ތެރޭގައި ދެ ދިވެއްސެއްވެސް ހިމެނެއެވެ.

comment ކޮމެންޓް