އެސްޓީއޯއިން ބިސް، ފިޔާ އަދި އަލުވި ކޮންޓްރޯލް ކޮށްފި، އެކަމަކު އަގު ހެޔޮވާނެ

ބާޒާރު ސަރަހައްދުން މީހަކު އަލުއި ބަސްތާއެއް ކޮނޑު ޖަހައިގެން ގެންދަނީ -- ސަން ފޮޓޯ/ ފަޔާޒު

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ބިސް، އަލުވި އަދި ފިޔާގެ އަގު ހެޔޮކޮށް، ވިއްކުން ކޮންޓްރޯލް ކޮށްފި އެވެ.

އެސްޓީއޯއިން ބިސް، ފިޔާ އަދި އަލުވި ވިއްކުން ކޮންޓްރޯލް ކޮށްފައި ވާއިރު، މި ބާވަތްތަކުގެ އަގު ވަނީ ބާޒާރުގައި އުފުލެން ފަށައިފައެ ވެ.

އެސްޓީއޯގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ އިއްޔެ އިން ފެށިގެން އެސްޓީއޯ ސުޕަމާޓުން ފިޔާ، އަލުވި އަދި ބިސް ވިއްކުން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

އެގޮތުން މިހާރު ކޮންމެ މީހަކަށް ވެސް ވިއްކާނީ ފިޔާ އަދި އަލުވި ކިލޯއެއް ކަމަށާއި، ބިސް ވިއްކާނީ ގިނަވެގެން ޓްރޭއެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ބިހާއި އަލުވި އަދި ފިޔާ ވިއްކަނީ އައިޑީކާޑު ނޯޓުކުރުމަށްފަހު ކަމަށެވެ.

އެސްޓީއޯއިން މި ބާވަތްތައް ކޮންޓްރޯލް ކުރި ނަމަވެސް، އަގު އުޅެނީ ދަށްކޮށެވެ. އެގޮތުން ފިޔާ އަދި އަލުވި ކިލޯއެއް އުޅެނީ 12 ރުފިޔާއަށެވެ. ބިހެއްގެ އަގު އުޅެނީ 1.50 ރުފިޔާއަށެވެ.

އެސްޓީއޯއިން މި ބާވަތްތައް ކޮންޓްރޯލް ކޮށްފައި ވަނީ ބާޒާރުގައި އެ ތަކެތީގެ އަގު ދަށް ކުރުމަށެވެ. އަދި އާންމުންނަށް އެންވެސް ދަތިކަމެއް ނެތި އެތަކެތި ލިބޭނެ ކަމުގެ ޔަގީންކަން އެސްޓީއޯއިން ދެއެވެ.

މިހާރު ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު އުޅެނީ 25 ރުފިޔާ އަށެވެ. އަލުވި ކިލޯއެއްގެ އަގު ވަނީ 30 ރުފިޔާއަށް އުފުލިފައެވެ. އަދި ބިހެއް ލިބެނީ 2.30 އަށެވެ.

comment ކޮމެންޓް