ޝައްކުވާ ބަޔަކު ފެނިގެން ދެ ރިސޯޓެއް މޮނީޓަރިން އަށް

ފިލިތެޔޮ ރިސޯޓު --

ކޮރޯނާ އަށް ޝައްކުވާ އަލާމާތްތަކެއް ދިވެއްސެއްގެ ފަރާތުން ގުޅިގެން ރެޒިޑެންސް މޯލްޑިވްސް ދިގުރަށް މޮނީޓާ ކުރަމުންދާ ކަމަށް ބުނެފިއެވެ.

ކޮރޯނާ އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ފިލިތެޔޮ ރިސޯޓުން އެއް ބިދޭސީ އަކާއި ދިވެއްސެއްގެ ގައިން އަލާމާތްތައް ފެނިގެން އެ ރިސޯޓުވެސް މޮނީޓާ ކުރަމުންދާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 16 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު ނުވަ މީހަކު ވަނީ ރަނގަޅުވެފައެވެ. މިހާރު ބައްޔަށް ފަރުވާދެމުންދަނީ ފަސް މީހަކަށެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭ ހިމެނެނީ އެއް ދިވެއްސަކާއި 15 ބިދޭސީއެކެވެ.

މިހާތަނަށް 863 ސާމްޕަލްއެއް ނަގާފައިވާއިރު، 842 ސާމްޕަލް އެއް ވަނީ ނެގެޓިވް ވެފައެވެ.

މިވަގުތު ކަރަންޓީނު ފެސިލިޓީތަކުގައި 751 މީހަކު އެބަތިބި ކަމަށް މަބްރޫކު ވިދާޅުވިއެވެ.

comment ކޮމެންޓް