ވައްކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަަރުކޮށްފި

ބިދޭސީ މީހާ އަތުން ފެނުނު ފައިސާ އާއި ފުޅިތައް -- ފޮޓޯ: ޕޮލިސް

ވަގަށް ނަގާފައިވާ ބައިސްކަލެއްގައި ވަންވޭ ފަޅާލާފައި ދިޔަ ބިދޭސީއަކު، އޭނާ ވަގަށް ނަގާފައިވާ ގިނަ ސާމާނު ތަކަކާއިއެކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 13:10 ހާއިރު ވަންވޭ އާ ހިލާފަށް ދިޔަ މީހަކު ފުލުހުންނަށް ފެނިގެން ހުއްޓުވައި، މާފަންނު ޕޮލިސްޓޭޝަނަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ބެލި ބެލުމުން، އޭނާ ދުއްވާފައިވަނީ ވަގަށް ނަގާފައިވާ ބައިސްކަލެއްކަން އެނގިފައިވާ ކަމަށާއި އަދި ބައިސްކަލުގެ ވަށިގަނޑުގައި އޮތް ދެ ކޮތަޅުން ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި 10 ފުޅި އާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 55 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށާއި އޭނާގެ އަތުގައި މުއްދަތު ހަމަނުވާ ވޯކް ޕާމިޓެއް އޮތް ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް