މަސް ދޯންޏަކުން 61 ކިލޯގެ ޑްރަގު ހޯދާ 11 ދިވެހިން ހައްޔަރުކޮށްފި

ފުލުހުންގެ އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓު އަދި މެރިން ޕޮލިސް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގައި މަސްދޯންޏަކުން 61.06 ކިލޯގެ ޑްރަގު ހޯދައި 11 ދިވެހިން ހައްޔަރުކޮށްފި އެވެ.

މި އޮރޭޝަންގެ ތަފްސީލު ހާމަކުރައްވައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ އޮޕަރޭޝަން ކާމިޔާބު ވެފައި ވަނީ ނުވަ ދުވަހު ކުރި މަސައްކަތުން ކަމަށެވެ.

އެ އޮޕަރޭޝަންގައި ފުލުހުން އަތުލައިގަތީ 61.06 ކިލޯގެ ހެރޮއިން އެވެ. ސީޕީ ހަމީދު ވިދާޅުވީ އަތުލައިގެން މަސްތުވާތަކެތީގެ އަގު 72 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

މި އޮޕަރޭޝަނުގައި ފުލުހުން ވަނީ 11 ދިވެހިން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެެނެނީ މަސް ދޯނިން ހައްޔަރު ކުރި ހަތް މީހަކާއި މާލެ އާއި ހުޅުމާލެއިން ހައްޔަރުކުރި ހަތަރު މީހެކެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް