ސިނަމަން ހަކުރާހުރާ އަނެއްކާވެސް މޮނީޓަރިންއަށް

ސިނަމަން ހަކުރާ ހުރާ

ކޮރޯނާ އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި މީހަކު ސިނަމަން ހަކުރާ ހުރާ އިން ފެނުމާ ގުޅިގެން އެޗްޕީއޭ އިން އެ ރަށް މޮނީޓާ ކުރަން ފަށައިފިއެވެ.

އެޗްޕީއޭއިން ބުނީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ކޮރޯނާއަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

އެމީހާ މިހާރު ރިސޯޓުގައި އެކަހެރި ކުރެވިފައިވާކަމަށާައި ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު މޮނީޓާކުރާނެކަމަށް އެޗްޕީއޭއިން ބުންޏެވެ.

މީގެ ކުރިންވެސް އެ ރިސޯޓުން ޝައްކު ކުރެވޭ މީހަކު ހުރެގެން އެ ރިސޯޓު މޮނީޓަރިން އަށް ލެވުނެވެ. ނަމަވެސް އޭނާގެ ނަތީޖާ ނެގެޓިވް ވުމުން ރިސޯޓު އަލުން ހުޅުވާލީއެވެ.

ރާއްޖެއިން ކޮރޯނާ ޖެހިފައިވާ 13 މީހަކު ފެނުނު އިރު އަށް މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮރޯނާ ކޮންޓްރޯލު ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން މާދަމާ އިން ފެށިގެން ރާއްޖެއިން އޮންއެރައިވަލް ވިސާ ދޫކުރުން ހުއްޓާލާނެއެވެ.

comment ކޮމެންޓް