ބަންސާލީ ގެނެސްދޭ ފިލްމެއްގެ ލީޑު ރޯލަށް ރަންވީރާއި އާލިއާ!

އާލިއާ ބަޓް އާއި ރަންވީރު--

ކާމިޔާބު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ 2021 ވަނަ އަހަރަށް ތާވަލްކޮށް ގެނެސްދޭ ފިލްމު ބައިޖޫ ބަވްރާގެ ލީޑު ރޯލަށް ކާމިޔާބު އެކްޓަރުން ކަމަށްވާ އާލިއާ ބަޓް އާއި ރަންވީރު ސިންހް ހަމަޖައްސައިފިކަމަށް ޚަބަރުތައް ބުނެފިއެވެ.

ކާމިޔާބު ފިލްމު "ގަލީ ބޯއީ"ގެ ވެސް ލީޑު ރޯލު ކުޅުނު އެ ދެތަރިން މިހާރު ބަންސާލީގެ ބައިޖޫ ބަވްރާ ކުޅެން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ ފިލްމަކީ މިއުޒިކަލް ސާގާއެކެވެ.

ކުރިން އަޑުފެތުރުނީ މި ފިލްމުން ރަންވީރާއެކު ފެނިގެންދާނީ ބަތަލާ ޕްރިޔަންކާ ޗޯޕްރާކަމަށެވެ. ބައިޖޫ ބަވްރާ ގެ ނަމުގައި 1953 ވަނަ އަހަރު ވަނީ ފިލްމެއް ވެސް ގެނެސްދީފައެވެ.

މި ފިލްމުން އާލިއާއާއި ރަންވީރު އެކުގައި ފެނިއްޖެނަމަ ވެގެންދާނީ އެދެތަރިން އެކުގައި ފިލްމަކުން ފެނިގެންދާ ދެވަނަ ފަހަރަށެވެ. ދެތަރިންގެ ކެމިސްޓްރީ ސްކްރީނުން މިދިޔަ އަހަރު ގަލީ ބޯއީއިން ވަނީ ފެނިގެން ގޮސްފައެވެ.

comment ކޮމެންޓް