ރާއްޖޭން އޮން އެރައިވަލް ވިސާ ދޫކުރުން މިމަހު 27 ގައި ހުއްޓާލަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު -- ސަންފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19އާ ގުޅިގެން ރާއްޖޭން އޮން އެރައިވަލް ވިސާ ދޫކުރުން މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ހުއްޓާލަން ނިންމައިފި އެވެ.

ރާއްޖެއިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމާފައިވާކަން އިއުލާނުކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސް ވިދާޅުވީ 27 ވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް ކަނޑައަޅަންދެން ރާއްޖޭން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލާފައިވާ ކަމަށެވެ.

"މާނަޔަކީ އެ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް، ވަކިގޮތަކަށް ނިމެންދެން ރާއްޖެއަށް އެތެރެނުވެވޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ މިހާތަނަށް 50 ރިސޯޓެއް ބަންދުކޮށްފައިވާ ކަމަށާއި 27 ވަނަ ދުވަހު އޮން އެރައިވަލް ވިސާ ހުއްޓާލުމަކާ އެކު ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ހުރިހާ ރިސޯޓުތައް ބަންދުވާނެ ކަމަށް ބެލެވޭ ކަމަށެވެ،

އަދި ރިސޯޓުތަކުން އެންމެފަހު ފަތުރުވެރިޔާ ފުރާ ތާރީހުން ފެށިގެން، 14 ދުވަސް ހަމަވުމުން، އެ ރިސޯޓެއްގެ މުވައްޒަފުންނަށް ރިސޯޓުން ފުރައިގެން އެހެން ތަންތަނަށް ދިޔުމުގެ ފުރުސަތު ދެވޭނެ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވިއެވެ.

comment ކޮމެންޓް