ޕްރިންސް ޗާލްސް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

ޕްރިންސް ޗާލްސް ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ --

ލަންޑަން (މާޗް 25): އިނގިރޭސިވިލާތުގެ ރާނީ އެލިޒަބެތު ދެވަނައިގެ ދަރިކަލުން، އަދި އެގައުމުގެ ވަލީއަހުދު ޕްރިންސް ޗާލްސް ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެއެވެ.

ޕްރިންސް ޗާލްސްގެ ގަނޑުވަރު ކްލޭރެންސް ހައުސްއިން ބުނި ގޮތުގައި 71 އަހަރުގެ ޕްރިންސުގެ ފަރާތުން ކޮރޯނާގެ އަލާމާތްތައް ފެނުނު ނަމަވެސް، ޗާލްސްގެ ހާލުކޮޅު ރަނގަޅެވެ. އަދި ޗާލްސްގެ އަނބިކަނބަލުން ކެމިލާ ޕާކަރ ބޯލްސްވެސް މިހާރު ވައިރަހަށް ޓެސްޓުކޮށްފައިވާ ކަމަށާއި އެ ޓެސްޓުގެ ނަތީޖާ ނެގެޓިވްކަމަށް ގަނޑުވަރުގެ ތަރުޖަމާނަކު ވިދާޅުވިއެވެ.

މީގެ އިތުރުން ކްލޭރެންސް ހައުސްއިން ބުނީ ޗާލްސް އާއި އަނބިކަނބަލުން ކެމިލާ މިހާރު ތިއްބެވީ ސްކޮޓްލޭންޑުގައި ހުންނަ ބަލްމޯރަލް ގަނޑުވަރުގައި އަމިއްލައަށް އެކަހެރިވެގެން ކަމަށެވެ. އަދި ޗާލްސްއަށް ވައިރަސް ޖެހުނު ގޮތެއް އަދި ޔަގީންކުރަން ނޭނގޭކަމަށް ބުނެއެވެ.

އިނގިރޭސިވިލާތުގައި މިހާތަނަށް 8،000 އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 423 މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް