ދިވެއްސަކަށް ޝައްކުވެގެން މަނަފަރު ރިސޯޓު މޮނިޓަރިންއަށް

ޖޭއޭ މަނަފަރު ރިސޯޓު ހިންގާ ހއ، މަނަފަރު --

ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ފެނިގެން، ރާއްޖޭގެ އުތުރުގައި ހިންގާ ލަގްޒަރީ ރިސޯޓު ޖޭއޭ މަނަފަރު ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެންގޮސްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފައި ވަނީ އެ ރިސޯޓުގައި ހުރި ދިވެއްސެއްގެ ގައިން ކަމަށެވެ.

އަދި މިހާރު އޭނާގެ ސާމްޕަލް ނަގާ ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ރިސޯޓު މޮނިޓަރިން އަށް ލާފައިވާ ކަމަށެވެ.

މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްތަކަށް އަރައި ފޭބުން ވަގުތީ ގޮތުން މަނާވާނެއެވެ.

މިހާރު މަނަފަރު ރިސޯޓާއެކު މޮނިޓަރިންގެ ހާލަތުގައި އޮތީ ރީތި ބީޗު ރިސޯޓެވެ. އެ ރިސޯޓުން ދިވެއްސަކާއި ބިދޭސީއެއްގެ ސާމްޕަލް ވަނީ ނަގައިފައެވެ.

comment ކޮމެންޓް